Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 01:41
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޓްވިޓަރ
19 ވަނަ ރައްޔިތުން މަޖިލިސް
ބޮޑު ވަޒީރު މޯދީ މަޖިލީހުގައި ތަޤުރީރު ކުރައްވަނީ!
މޯދީ ރާއްޖެ ވަޑައިގަންނަވާނީ ޖޫން މަހުގެ 7 ވަނަ ދުވަހު

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ބޭނުންފުޅުވާތީ އެކަމުގެ ހުއްދައަކަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ކަމަށް އަލަށް ހޮވިވަޑައިގެންނެވި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

މަޖިލީހުގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށާއި މަޝްވަރާ ކުރެއްވުމަށް މަޖިލީހުގައި ރައީސް ސޯލިހް އެދިވަޑައިގެންފައިވާ ކަމަށާއި ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެކަން ހަމަޖެއްސުމަށް ބޭނުންފުޅުވާ ކަަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާ އެކު އެހޭ ވޯޓަކުން ނިންމޭ ނިންމުމަކަށް އެކަންވެގެންދާއިރު އެ މަސައްކަތް ބުދަ ދުވަހު ކުރައްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ހަނދާންވާ ގޮތުން މަޖިލީހުގެ ޤަވާއިދުގެ 218 ވަނަ މާއްދާ އެބަ ބަޔާންކުރޭ ބޭރުގެ މެހެމާނަކު، ދައުލަތެއްގެ އެންމެ މަތީ ވެރިޔަކު ވަޑައިގެން މި މަޖިލީހުގައި މުހާތަބު ކުރައްވާ އިރުގައި އެކަން ވެދާން މި ޖެހެނީ ސިޔާސީ ޕާޓީތަކުގެ ވެރިންގެ މަޝްވަރާއާ އެކުގައި އެހޭ ވޯޓަކުން ނިންމޭ ނިންމުމެއްގެ މައްޗަށް. އެހެންވިއްޔާ އިރާދުކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެންނަށް މާދަމާ ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މޯދީ ރާއްޖެ ވަޑައިގަންނަވާނީ ޖޫން މަހުގެ 7 ވަނަ ދުވަހުއެވެ.

މީގެ ކުރިން އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވެސް ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހުގައި ތަޤުރީރު ކުރައްވާފައެވެ.

އިންޑިއާގެ ޢާއްމު އިންތިޚާބު ބޮޑުތަފާތަކުން ކާމިޔާބު ކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެ ވަނަ ދައުރެއް ކަށަވަރު ކުރެއްވީ މި ހަފުތާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް