Advertisement
ކ. މާލެ
|
29 މެއި 2019 | ބުދަ 01:30
ހއ. ހޯރަފުށި
ހއ. ހޯރަފުށި
ގޫގުލް
ފައިސާ ވަގަށް ނެގުން
ހޯރަފުށީ ގެއަކުން ލައްކައަކަށް ވުރެން ގިނަ ރުފިޔާ ވަގަށް ނަގައިފި
ގެއްލިފައިވާ ފައިސާތަކުގެ ތެރެއިން 10950ރ. ފުލުހުން ވަނީ ހޯދާފައި

ހއ. ހޯރަފުށީ ގެއަކުން އެކި ފަހަރު މަތިން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށް ބައެއް ފައިސާ ހޯދައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުން ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި 35 އަހަރުގެ ދެ ފިރިހެނުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާއިރު 33 އަހަރުގެ ފިރހެނަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތުރާކުނު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން 35 އަހަރުގެ ފިރިހެންމީހާގެ އަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައި ވާއިރު އަނެއް ތިން މީހުންނަށް ހަތް ދުވަހުގެ މުއްދަތު ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ ގެއްލިފައިވާ ފައިސާތަކުގެ ތެރެއިން ފުލުހުންގެ ތަހުގީގުން މިހާތަނަށް 10950ރ. ހޯދިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް