Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 22:57
ނަޝީދާއި ގާސިމް
ނަޝީދާއި ގާސިމް
ޝުއައިބް މުހައްމަދު އިގްބާލް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ރައީސް ކަމަށް ނަޝީދާއި ގާސިމްގެ ނަންފުޅު ހުށަހަޅުއްވައިފި
ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ އަސްލަމް
ނައިބު ރައީސް ކަމަށް އީވާގެ ނަން އެކަނި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް މައްޗަންގޮޅިމެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދާއި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ. ތާއީދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

Advertisement

މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ފުރުސަތު ހުޅުވާ ލެއްވުމުން އެ މަގާމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބުދުﷲ ގެ ނަމެވެ. އީވާގެ ނަން ހުށަހެޅުއްވީ ވެސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. ތާއީދު ކުރެއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް