Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 14:31
ޖަލު ރިޕޯޓް ހޯމް މިނިސްޓަރު އިމްރާން އަށް އަރުއްވަނީ
ޖަލު ރިޕޯޓް ހޯމް މިނިސްޓަރު އިމްރާން އަށް އަރުއްވަނީ
މުހައްމަދު ޝަރުހާން
ޖަލު އޮޑިޓް ރިޕޯޓް
ޖަލު އޮޑިޓް ރިޕޯޓް ނެރެފި
ޖަލުތަކުގައި ހުރި މައްސަލަަތައް ރިޕޯޓްގައި ބަޔާންކޮށްފައިވޭ
ޖަލުގެ ކެޕޭސިޓީއަށް ވުރެ ގިނަ މީހުން ބައިތިއްބާފައި ތިބީ މާލެ އާއި މާފުށި ޖަލުގައި
އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް

ޖަލުތައް އޮޑިޓް ކުރުމަށް އެކުލަވައިލި ކޮމިޝަނުން ތައްޔާރުކުރި ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯރޓް ޢާއްމުކޮށްފިއެވެ.

އަންގާރަ ދުވަހު އެ ރިޕޯރޓް ޢާއްމުކުރީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެވެބްސައިޓްގައެވެ.

ޖަލުތަކުގައި ހުރި މައްސަލަތަކާއި، ހޯދުނު ހޯދުންތައް ތަފްޞީލްކޮށް ރިޕޯރޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބައިތިއްބުމާއި، މުއްދަތެއް ނެތް ގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަން ފާހަގަކޮށްފައި ވެއެވެ.

Advertisement

ދުއިސައްތަ ނުވަދިހަ ސަފްހާގެ އެ ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ގޮތުން ޖަލުގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް މީހުން ބައިތިއްބާފައިވަނީ މާލެ އާއި މާފުށި ޖަލުގައެވެ.

ރިޕޯޓުގައި ހުށައެޅުންތަކުގެ ތެރެއިން އެންމެ ގިނަ ހުށައެޅުންތައް ރައްދުވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށެވެ. އެއީ ހުށައެޅުންތަކުގެ %64 އެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި %26 އިންސައްތަ ހުށައެޅުން އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒާ ގުޅުން ހުރި %5 ހުށައެޅުމާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއާ ގުޅުންހުރި %3 ހުށައެޅުން ރިޕޯރޓްގައި ހިމަނާފައިވެއެވެ.

ޤާނޫނާއި ޤަވާއިދުތަކާ ހިލާފް މައްސަލަތަކާއި، ޢާއްމު މައްސަލަތަކާއި، ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަތަކާއި، އަނިޔާގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ވެސް ރިޕޯރޓްގައި ހިމަނާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް