Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 12:49
ސަންގު ޓީވީ
ސަންގު ޓީވީ
ޝުއައިބް މުހައްމަދު އިގްބާލް
ބްރޯޑްކާސްޓިން ކޮމިޝަން
ބަދުޢަހުލާގީ މަންޒަރު ދެއްކި މައްސަލާގައި ޖަވާބުދާރީވުމަށް ސަންގު ޓީވީ އަށް އަންގައިފި
ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ ތިންވަނަ ނަންބަރާ ސަންގު ޓީވީން ވަނީ ހިލާފުވެފައި
ޖަވާބުދާރީވުމަށް 16 ދުވަސް ވަނީ ދީފައި

އަމިއްލަ ޓީވީ ސްޓޭޝަނެއް ކަމަށްވާ ސަންގު ޓީވީން ދެއްކި ''ރޯހަ ފުއްޓަރު'' ޑްރާމާގައި މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ، ބަދު އަޙްލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ޖަވާބުދާރީ ވުމަށް މީޑިއާގެ ބެލެނިވެރި ފަރާތް ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގު ޓީވީ އަށް އަންގައިފިއެވެ.

ސަންގު ޓީވީގެ ސީއީއޯ އިބްރާހީމް ވަހީދު (އަސްވާޑް) އަށް ބްރޯޑްކޮމް އިން ފޮނުވި ސިޓީއެއްގައި ބުނީ، މި މަހުގެ 23 ވަނަ ދުވަހުގެ ރޭ އެ ސްޓޭޝަނުން ގެނެސްދިން ޑްރާމާ ސިލްސިލާގައި '' ރޯހާ ފުއްޓަރު'' ގެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބްރޯޑްކާސްޓް ކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭ ކަމަށެވެ.

އެއީ ސުލޫކީ މިންގަނޑުގެ ދެވަނަ ހަމައިގެ ތިންވަނަ ނަންބަރާ ހިލާފުކަމަށް ބެލެވޭ ކޮންޓެއްޓެއް ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް އެކަން ނިންމާނީ އެ މައްސަލައިގެ ތަހުގީގު ނިމުމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

Advertisement

އެއީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށްވާތީ، ކޮންޓެންޓް ރައްކާކޮށް ބެހެއްޓުމާށާއި، ކޮންޓެންޓް ދެއްކުމުގައި ހަމަތަކަށް ސަމާލުވުމަށް ބްރޯޑްކާސްޓް ކޮމިޝަނުން ވަނީ ސަންގު ޓީވީއަށް އަންގާފައެވެ.

އަދި އެ ޝަކުވާއާ ގުޅޭ ގޮތުން ޖޫން މަހުގެ 11 ވަނަ ދުވަހުގެ ކުރިން ބްރޯޑްކޮމް އަށް ޖަވާބުދާރީވުމާށާއި، އެ މުއްދަތުގެ ތެރޭގައި ޖަވާބުދާރި ނުވެއްޖެ ނަމަ ލިބިފައިވާ އެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް