Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 15:47
މުހުތާޒްގެ މައްޗަށް ހިންގި ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކުރަނީ
މުހުތާޒްގެ މައްޗަށް ހިންގި ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ހާޒިރުކުރަނީ
އަވަސް
މުހުތާޒްގެ ބޭސްފަރުވާ
މުހުތާޒް އެޑްމިޓްކުރީ އިންޖެކްޝަނެއް ޖެހުމަށް: ކަރެކްޝަން
ޖަހަނީ ސްޓެރޮއިޑް އިންޖެކްޝަނެއް
މުހުތާޒްގެ އުނަގަނޑުގެ މައްސަލަައެއް ކުރިން ވެސް ހުރޭ
އިންޖެކްޝަން ޖެހުމަށް ފަހު ގެންދާނީ ޖަލަށް

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިންޖެކްޝަނެއް ޖެހުމަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ މުހުތާޒް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރީ އުނަގަނޑަށް ފަރުވާ ދިނުމަށް ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމަށް ކަމަށެވެ.

 

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި 17 އަހަރަށް ޖަލަށް ލުމުގެ ކުރިން ވެސް އުނަގަނޑުގެ ރިހުމަކަށް މުހުތާޒް ގެންދެވީ ފަރުވާ ހޯއްދަވަމުންނެވެ.

 

ސައްޚަ ނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ހައްޔަރުކުރަން އުޅުނު ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީގައި މުހުތާޒް ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރި ފަހުން އުނަގަނޑުގެ ރިހުން ބޮޑުވެ އެތައް ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާފައި ވެއެވެ.

 

ޓެރަރިޒަމުގެ ކުށުގައި ޖަލު ހުކުމް އިއްވި ފަހުން ވެސް އެތައް ފަހަރެއްގެ މަތިން މުހުތާޒް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވެއެވެ.

 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން މުހުތާޒްގެ އުނަގަނޑަށް ޖަހަނީ ސްޓެރޮއިޑް އިންޖެކްޝަނެކެވެ. މުހުތާޒްގެ އާއިލާ އިން އެކަން ކަށަވަރުކޮށްދިން ނަމަވެސް، އިތުރު މައުލޫމާތު ދިނުމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

 

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، އިންޖެކްޝަން ޖެހުމަށް ފަހު އަންގާރަ ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން މުހުތާޒް ދޫކޮށްލާނެއެވެ. އަދި އެއަށް ފަހު އަނބުރާ ޖަލަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް