Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 11:29
ރިޔާސީ އިންތިޚާބު ތެރޭގައި ޕީޕީއެމް އިން ބޭއްވި ޖަލްސާ: މި ޖަލްސާއަށް މީހުން ގެނައީ މޯލްޑިވިއަން ފްލައިޓްތައް ޗާޓަރ ކޮށްގެން
ރިޔާސީ އިންތިޚާބު ތެރޭގައި ޕީޕީއެމް އިން ބޭއްވި ޖަލްސާ: މި ޖަލްސާއަށް މީހުން ގެނައީ މޯލްޑިވިއަން ފްލައިޓްތައް ޗާޓަރ ކޮށްގެން
ރައީސް އޮފީސް
ޕީޕީއެމް
މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާ ޕީޕީއެމުން ދައްކައިފި
ޕީޕީއެމުން ފައިސާ ދައްކާފައިވަނީ ހޯމަ ދުވަހު
މޯލްޑިވިއަން ބޭނުންކޮށްގެން ޕީޕީއެމުން ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އަރާ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދައްކަން ޖެހޭ ފައިސާ އެއާލައިނަށް ދައްކައިފިއެވެ.

މޯލްޑިވިއަން އިން ބުނީ ޕީޕީއެމުން އެ ފައިސާ ދައްކާފައި ވަނީ ހޯމަ ދުވަހު ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް މޯލްޑިވިއަންގެ ފްލައިޓްތައް ބޭނުންކޮށްގެން ޕީޕީއެމުން ކުރި ދަތުރުތަކަށް 4.8 މިލިއަން ރުފިޔާ އަރައެވެ. އެ ފައިސާއަކީ ކެމްޕޭން ތެރޭގައި "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، މޯލްޑިވިއަންގެ ފްލައިޓްތައް ޗާޓަރކޮށް، ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެ ފައިސާ ދެއްކުމަށް މޯލްޑިވިއަން އިން ޕީޕީއެމަށް އެންގިއެވެ. މޯލްޑިވިއަނުން އެ މައްސަލަ އިލެކްޝަންސް ކަމިޝަނަށް ހުށައެޅުމުން މިލިއަނެއްހާ ރުފިޔާ ވަނީ ދައްކާފައެވެ.

މޯލްޑިވިއަނުން ވަނީ އެ ކުންފުންޏަށް ޕީޕީއެމުން ދައްކަންޖެހޭ ފައިސާ، އެ ޕާޓީއަށް ދައުލަތުންދޭ ފައިސާގެ ތެރެއިން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

Advertisement

އެ މައްސަލަ މޯލްޑިވިއަނުން ސިވިލްކޯޓަށް ވެސް ވަނީ ހުށައަޅާފައެވެ. އެކޯޓުން ވަނީ މޯލްޑިވިއަންއަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ ފެބްރުއަރީ މަހު ހުކުމް ކޮށްފައެވެ.

ނަމަވެސް ޕީޕީއެމުން ބުނެފައި މޯލްޑިވިއަން އަށް ފައިސާ ދެއްކޭނީ ދައުލަތުގެ ބަޖެޓުން އެ ޕާޓީ އަށް ލިބެންޖެހޭ ފައިސާ އީސީން ދޫކުރުމުން ކަމަށެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައެޅި ފައިސާ އިން ޕީޕީއެމް އަށް ދޭންޖެހޭ ފައިސާ އެ ޕާޓީ އަށް ދިނުމަށް ސުޕްރީމް ކޯޓުން އީސީގެ މައްޗަށް ހުކުމް ކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 2 ވަނަ ދުވަހު ޕީޕީއެމަށް ދޭންޖެހޭ 8.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މޯލްޑިވިއަން އަށް ޕީޕީއެމުން ފައިސާ ދައްކާ ޚަލާސްކުރި އިރު އެޕާޓީގެ ބިލްތައް ނުދައްކައިގެން ރަސްމީ ފޯނުލައިންތައް ވަނީ ކަނޑާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް