Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 11:43
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީ އަށް ފުރާވަޑައިގަންނަވަނީ
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ސައުދީ އަށް ފުރާވަޑައިގަންނަވަނީ
ފޮރިން މިނިސްޓްރީ
އިސްލާމިކް ސަމިޓަށް ޝާހިދު ސައުދީއަށް!
މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވޭ

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

Advertisement

ޝާހިދު ސައުދީއަށް ފުރާވަޑައިގެންފައި ވަނީ އަންގާރަ ދުވަހުއެވެ. މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާ މައްކާގައެެވެ. ޝާހިދު ވިދާޅުވީ މި ކޮންފަރެންސްގައި އިސްލާމީ އުއްމަތަށް ދިމާވަމުންދާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ޝާހިދު ގެންދަވަނީ އެކި ގައުމުތަކަށް ވަޑައިގަންނަވަމުންނެވެ. ކުރީގެ ސަރުކާރުގައި ރާއްޖެ ޚާރިޖީ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް