ކ. މާލެ
|
28 މެއި 2019 | އަންގާރަ 09:52
ގ. މެމޮރީވިލާ އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހިން ހައްޔަރުކުރި
ގ. މެމޮރީވިލާ އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހިން ހައްޔަރުކުރި
މަސްތުވާތަކެތީގެ މައްސަލަ
މަސްތުވާތަކެތީގެ މައްސަލާގައި 37 މީހަކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ 81 ޕެކްޓް ވަނީ ހޯދާފައި
އެ ދެ ގެއަކީ ފުލުުހުންނަށް ނުވަދެވޭ ގޮތަށް ސެކިއުރިޓީ ސިސްޓަމް ހަރުކޮށްފައިވާ ދެ ގެއެއް

މާލޭ ދެ ގެއެއްގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުން ކުރަމުންދިޔަ 37 މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހު ކޯޓު އަމުރުގެ ދަށުން ގަލޮޅުގައި ހުރި ދެ ގެއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ގ. ޕެލިކަން އިން 19 އަހަރާއި 42 އަހަރާ ދެމެދުގެ 11 ދިވެހި ފިރިހެންނުންނާއި، 21 އަހަރުގެ އަންހެނެއްގެ އިތުރުން 17 އަހަރުގެ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ދެވަނަ އަށް ފާސްކުރި ގ. މެމޮރީވިލާ އިން ހައްޔަރު ކޮށްފައި ވަނީ 19 އަހަރާއި 42 އަހަރާ ދެމެދުގެ 24 ދިވެހިން ކަމަށް ފުލުހުން ބުންޏެވެެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް އެ މީހުން ހާޒިރުކުރުމުން އެ މައްސަލާގައި ހިމެނޭ ކުޑަ ދެ ކުދިން ފިޔަވައި އެހެން މީހުންނަށް ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ތިން ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އެ ދެ ގެެ ބަލާފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި 81 ޕެކެޓް ފެނިފައިވާ ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަނެފައިވާ ދެ ގެއަކީ ފުލުހުންނަށް ނުވަދެވޭ ގޮތަށް އިލެކްޓްރިކަލް އަދި މެކޭނިކަލް ލޮކް ސިސްޓަމް ހަރުކޮށްފައިވާ ގެތައް ކަމަށާއި، އެ ދެ ގެއަކީ ވެސް މަސްތުވާތަކެތި ގަނެގެން އޭގެ ބޭނުން އެގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރި ދެ ގެ ކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

- ކޮމެންޓް