Advertisement
ކ. މާލެ
|
28 މެއި 2019 | އަންގާރަ 01:08
ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދާލައްވަނީ
ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދާލައްވަނީ
އެމްޑީޕީ
ރައްޔިތުންގެ މަޖިލިސް
ރައީސް ސޯލިހު، ނަޝީދާއި އީވާއަށް މަރުހަބާ ވިދާޅުވެއްޖެ
އެމްޑީޕީ ޕާލަމެންޓްރީ ޕްރޫޕަށް ވެސް މަރުހަބާ ވިދާޅުވި

އާ މަޖިލީހުގެ ރައީސްގެ މަގާމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ހުށަހަޅަން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ވަނީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއަށް ވެސް މަރުހަބާ ވިދާޅުވެފައެވެ.

Advertisement

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސޯލިހު އެ ދެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ވެސް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު ވިދާޅުވީ އާ މަޖިލީހާ އެކު، ކުރިއަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް