Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 22:25
އެމްޑީޕީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ރައީސް ނަޝީދު
މަޖިލީސް ހިނގާނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް، ތަފާތު ފެންނާނެ: ރައީސް ނަޝީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނެ
މަޖިލީހުގެ ރައީސްގެ މަގާމަކީ އަޅުގަނޑު އުއްމީދު ކުރި ކަމެއް ނޫން
ސަރުކާރުގެ ވައުދު ފުއްދަން ސަމާލުކަން ދޭނަން

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީސް ހިނގާނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށާއި، އެ މަޖިލީހުގެ މަސައްކަތްތަކުން ތަފާތު ފެންނާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް، ރައީސް މުހައްމަދު ނަޝީދުގެ ނަން ހުށަހެޅުމަށް ފާސްކުރުމާއެކު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމެވީ ކުރިމަތިވެފައިވާ އުދަނގޫ ހާލަތަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި މެމްބަރުންގެ އެދިވަޑައިގަތުމުން އެ ހުށަހެޅުން ގަބޫލުފުޅުކުރެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހިނގާނީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ކަމަށެވެ. އަދި ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ތަފާތު ފެންނާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިސްލާމީ އުސޫލުތަކާއި ހިލާފު ކަމެއް މަޖިލީހުގައި ނުހިނގާނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ދާއިރު، އިސްލާމީ އުސޫލުތަކާއި ހިލާފު އެއްވެސް ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރާނެ ކަމަށާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދޭނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެގެއިތުރުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީސް ކުރިއަށްދާއިރު، ވާދަވެރި ސިޔާސީ ނިޒާމަށް ފުރުސަތު ދޭނެކަމަށެވެ. އަދި ކަންކަން ނިންމުމުގައި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް