Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 23:22
މަގު މައްޗަށް ވެއްޓުނު ކުޑަދޮރު
މަގު މައްޗަށް ވެއްޓުނު ކުޑަދޮރު
ރާއްޖެ އޮންލައިން
ކުޑަދޮރު ވެއްޓުން
މާލޭގެ މަގު މައްޗަށް އަނެއްކާ ވެސް ކުޑަދޮރެއް ވެއްޓިއްޖެ
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

މާލޭގެ މަގު މައްޗަށް އަނެއްކާ ވެސް ކުޑަދޮރެއް ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ ގާތްގަނޑަކަށް 19:45 ހާއިރު މާފަންނު ގެއެއްގެ ހަތަރުވަނަ ފަންގިފިލާގައި އިން އަލުމިނިއަމް ދޮރެއް ވެއްޓިގެން އެގޭގެ ވެރިފަރާތުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ. މިދޮރު ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު ހޯމަ ދުވަހު މަޖީދީ މަގުގައި ހުންނަ މާލޭ ގްރޭންޑްގެ ހަތަރު ވަނަ ފަންގިފިލާއިން ބިއްލޫރިގަނޑެއް ވެއްޓި އަންހެނަކަށް އަނިޔާވިއެވެ. އަދި ހޯމަ ދުވަހުގެ ހެނދުނު މާވެޔޮ މިސްކިތުން ވެސް ބިއްލޫރި ޝީޓެއް ވެއްޓި ދެ މީހަކަށް ވަނީ އަނިޔާވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
27 މެއި 2019 | ހޯމަ 23:55
ޢަލީސަމީރު
މާލޭ ގޭގެ އިން މަގުމައްޗަށް ނޭރޭ ބަޔަކީ ހަމައެކަނި ބެލްކަނި ހަދަން ހުއްދަ ދޭ ބަޔަކަށް ހަދަން ފެނޭ... އޭރުން ގެތަކުގެ އިންފާރާ ހަމައިން ކުޑަ ދޮރުތައް ހުންނާނީ.. އޭރުން ކުޑަ ދޮރު ނެއްޓުނަސް އޮންނާނީ ބެލްކަނީގައި.. މަގަށް ވާ ގޮތަށް ދޮޅުފޫޓު ނުވަތަ ދެފޫޓަށް ނެރޭ ބަޔަކީ ބެލްކަނި ކަމަށް ހަދާ އެތަނަށް ކުޑަ ދޮރު ނުލެވޭ ގޮތަށް ގަވައިދު ހަދަން ފެނޭ..