Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 22:17
މަސް ދޯނިތަކެއްގައި މަސްވެރިންތަކެއް ހަރަކާތްތެރިވަނީ
މަސް ދޯނިތަކެއްގައި މަސްވެރިންތަކެއް ހަރަކާތްތެރިވަނީ
ޝުއައިބް މުހައްމަދު އިގްބާލް
މަސްވެރިކަން
ކަނޑުފަޅުގެ ނަފާ ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި
ލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް (3,084,000.00) ރުފިޔާ

ފިޝަރީޒް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާޢިމް ކުރުމަށް ލޯނަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ލޯނަށް އެދުމުގެ ފުރުޞަތު 26 މެއި 2019 އަށް ހަމަވުމާއިގުޅިގެން އެ ފުރުސަތު އެއް މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ، އެ ލޯނުގެ މަޤްޞަދަކީ މިހާރު ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމްކޮށްފައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިކަމުގައި ބޭނޭ މަސް ގިނަވަގުތު ތާޒާކަންމަތީ ދޯނީގައި ރައްކާކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އަދި ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭ ގޮތް މެދުވެރިކޮށް މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިވެ މަގުފަހި ކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާންގައިވާ ގޮތުން ލޯނުން ޖުމްލަ ދޫކުރެވޭނީ ތިން މިލިޔަން އައްޑިހަ ހަތަރު ހާސް (3,084,000.00) ރުފިޔާއެވެ.

މިނިސްޓްރީން ބުނީ، ލޯނާ ބެހޭ އުޞޫލާއި، ލޯނަށް އެދޭ ފޯމް ސަރުކާރު ރަސްމީ ގަޑީގައި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިންނާއި ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސަސް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) އިން އަދި އެސް.ޑީ.އެފް.ސީ ގެވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އިތުރުކުރެވުނު އެއް މަސް ދުވަހާއިއެކު ލޯނަށް އެދުމުގެ ފަހު ފުރުސަތަކީ 26 ޖޫން 2019 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް