Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 17:18
މޯލްޑިވްސް ޕޮލިޓެކްނިކް
މޯލްޑިވްސް ޕޮލިޓެކްނިކް
ޓްވިޓަރ
މޯލްޑިވްސް ޕޮލިޓެކްނިކް
އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ޕޮލިޓެކްނިކުން ކޯސް ހިންގަނީ
ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 10 ކުދިންނަށް
އެއީ އޮޓޮމޯޓިވް ރިފެއަރ އެންޑް މެއިންޓެނެންސް ކޯސް

އަޑު އިވުމުގެ ހިއްސުން މަހުރޫމްވެފައިވާ ކުދިންނަށް މޯލްޑިވްސް ޕޮލިޓެކްނިކް ހިންގާ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް އިން ބުނީ އަޑު އިވުމުގެ ހިއްސުން މަހްރޫމްވެފައިވާ ކުދިންނަށާ ޒުވާނުންނަށް ޖޫން 2019 އިންޓޭކްގައި ސެޓްފިކެޓް 3 އިން އޮޓޮމޯޓިވް ރިފެއަރ އެންޑް މެއިންޓެނެންސް ކޯހުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement

ޕޮލިޓެކްނިކް އިން ބުނީ މިކޯހުގައި ކިޔެވުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 10 ކުދިންނަށް ކަމަށެވެ. އަދި މިކުދިންގެ ކްލާސްތައް ކުރިއަށް ގެންދާއިރު އެކުދިންނަށް ޚާއްސަ ޓީޗަރެއް ހަމަޖެހިފައި ހުންނާނެ ކަމަށް ވެސް ޕޮލިޓެކްނިކް އިން ބުންޏެވެ.

މިކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖޫން 9 ވަނަ ދުވަހާ ހަމައަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް