Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 16:33
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް
ހައްވާ މުހައްމަދު
ޗީފް އޮފް ޑިފެންސް ފޯސް
ޗީފް އޮފް ޑިފެންސްފޯސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި
ޝަމާލް އެމެރިކާއަށް ފުރާވަޑައިގަތީ މެއި މަހުގެ 19 ވަނަ ދުވަހު

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހޯމަ ދުވަހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ޝަމާލް އެމެރިކާއަށް ފުރާވަޑައިގަތީ މެއި މަހުގެ 19 ވަނަ ދުވަހު ލެންފެކް ސިމްޕޯސިއަމް އެންޑް އެގްޒެބިޝަން 2019 ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

Advertisement

އިންޑިއަން ޕެސިފިކް އޯޝަންގެ ގައުމުތަކުގެ އަސްކަރިއްޔާތަކުގެ ގުޅުން ބަދަހި ކުރުމަށް ބޭއްވި މި ސިމްޕޯޒިއަމް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާގެ ހަވާއީގައެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އަރިއަހުގައި ސާޖަންޓް މޭޖަރ ހަސަން ފަޔާޒް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް