Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 16:31
ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން
ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން
ރާއްޖެއެމްވީ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
ކާރިސާއެއް ކުރިމަތިވެދާނެތީ ރައްކާތެރިވުމަށް ޑިޒާސްޓަރ މެނޭޖުމަންޓުން އިލްތިމާސްކޮށްފި
ރައްކާތެރިވުމަށް 13 އަތޮޅަކަށް ވަނީ އިލްތިމާސްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް އަތޮޅުތަކަށް މޫސުން ގޯސްވެ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާ ކުރެވޭތީ ސަމާލުވުމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުން އިންޒާރުދީފިއެވެ.

ހޯމަ ދުވަހު އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ކ އަތޮޅާއި ސ އަތޮޅާ ދެމެދުގައިވާ 13 އަތޮޅަކަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށާއި ހަ ގަޑިއިރަށް އެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބޯކޮށް ވާރޭވެހި ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ އަތޮޅުތަކަކީ ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީއެވެ. އެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވިފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00އާ ދެމެދުގައެވެ. ވާރޭވެހި ފެން ބޮޑު ވެދާނެ ކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކިއުޓިވް އުމަރު ފިކުރީ ވިދާޅުވީ، ކުރީބައިގައި ސަމާލުވުމަށް ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލި ބަސްތާ ޖެހުމާއި، ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ވެދާނެ ފަދަ މުދާތައް ރައްކާކޮށްފައި ބެހެއްޓުމާއި، އޭގެ އިތުރުން، ކަރަންޓު ސާމާނުތަކަށް ސަމާލުވުމާއި ދަތުރު ފަތުރުކުރާ ފަރާތްތަކުން ވެސް ސަމާލުވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށާއި، ހާއްސަކޮށް ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް