Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 13:16
ދަރަނބޫދޫ މަގެއް
ދަރަނބޫދޫ މަގެއް
ރާއްޖެއެމްވީ
ވައްކަން
ހައްޖަށް ދާންވެގެން ރައްކާކޮށްފައި ހުރި ތިން ލައްކަ ރުފިޔާ ވަގަށް ނަގައިފި
އެއީ ތިން މީހަކު ހައްޖަށް ދާން ރައްކާ ކޮށްފައި ހުރި ފައިސާ

ފ. ދަރަނބުދޫގައި ތިން ބަޔަކު ހައްޖަށް ދާން ރައްކާ ކޮށްފައި ހުރި 300،000 (ތިން ލައްކަ ރުފިޔާ) ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ، ދަރަނބުދޫ ގެއެއްގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގިކަމުގެ ރިޕޯޓް ލިބިފައި ވަނީ އާދިއްތަ ދުވަހު މެންދުރު 14:03 ހާއިރު ކަމަށެވެ. އެ ފައިސާ ގެއްލިފައި ވަނީ ހޮނިހިރު ދުވަހުއެވެ.

Advertisement

ފުލުހުން ބުނީ، އެ ފައިސާތަކަކީ ތިން މީހަކު ހައްޖަންދާން ވެގެން ރައްކާ ކޮށްފައި ހުރި ފައިސާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިހާރު އެ މައްސަލަ ބަލުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް