Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 11:58
އިސްލާމިކް ޔުނިވަރސިޓީން ކޯސްތަކަށް ހުޅުވާލުން
އިސްލާމިކް ޔުނިވަރސިޓީން ކޯސްތަކަށް ހުޅުވާލުން
ޓްވިޓަރ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ
އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި
ޕީއެޗްޑީ ލެވެލްގެ ދެ ކޯހެއް ހިމެނޭ
މާސްޓަރސް ލެވެލްގެ 11 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯސް ހިމެނޭ

އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީން ވަނީ ޖުމްލަ 55 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައެވެ.

ޔުނިވަރސިޓީން ކުރި އިއުލާނެއްގައި ބުނީ، ޕީއެޗްޑީ ލެވެލްގެ ދެ ކޯހަކާއި، މާސްޓަރސް ލެވެލްގެ 11 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ތިން ކޯހަކާއި، ބެޗްލަރސް ލެވެލްގެ ނުވަ ކޯހަކާއި، އެސޯސިއޭޓް ޑިގްރީގެ އެއް ކޯހެއް އަދި ޑިޕްލޮމާގެ ނުވަ ކޯހަކާ އެކު ސެޓްފިކެޓް ލެވެލްގެ ޖުމްލަ 20 ކޯހަކަށް ހުށައެޅުމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު 26 މެއި 2019 ވާ އާދީއްތަ ދުވަހުން ފެށިގެން 20 ޖޫން 2019 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އައިޔޫއެމްއިން ކުރިއަށްގެންދާ ކޯސްތައް ފުވައްމުލަކު ސިޓީ އާއި ލ. ފޮނަދޫގައި ޤާއިމު ކުރެވިފައިވާ އައިޔޫއެމްގެ ލާރނިންގ ސެންޓަރުގައި ކުރިއަށްދާއިރު، ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 (ސަތޭކަ އިންސަތަ) ޓިއުޝަންފީ ހިލޭ ކޯސްތައް ކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

Advertisement

މި ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތައް ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށް ފަހު، ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި، 20 ޖޫން 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ލ. ފޮނަދޫ އާއި ފުވައްމުލަކު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް ވެސް އެ މުއްދަތުގެ ކުރިން ލ. ފޮނަދޫގެ ކުރީގެ ސިރާޖުއްދީން ޕްރީސްކޫލްގައި ހުންނަ އައިޔޫއެމް ލާރނިންގް ސެންޓަރަށް އަދި ފުވައްމުލަކު ސިޓީގެ ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތުގައި ހުންނަ ލާރނިންގ ސެންޓަރަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އިސްލާމިކް ޔުނިވަރސިޓީން މި ފަހަރު ކުރިއަށްގެންދާ ބައެއް ކޯސްތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ފައިނޭންސް، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ލޯކަލް ގަވަރނަންސް އެންޑް އިމާމްޝިޕް، ޖަރނަލިޒަމް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ އިތުރުން ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. އެ ޔުނިވަރސިތީން އޯގަސްޓް މަހު ފަށާ ކޯސްތަކަށް ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް