Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 12:12
މާވެޔޮ މިސްކިތް
މާވެޔޮ މިސްކިތް
ޝުއައިބް މުހައްމަދު އިގްބާލް
މާވެޔޮ މިސްކިތް
މާވެޔޮ މިސްކިތުގެ ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާ ވެއްޖެ
ހާދިސާ ހިނގާފައި ވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި

މިހާރު އަލުން އިމާރާތްކުރަމުން އަންނަ މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) އަލުން އިމާރާތް ކުރަމުންދަނިކޮށް ބިއްލޫރި ޝީޓެއް ވެއްޓި ދެ ބިދޭސީއަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ މާވެޔޮ މިސްކިތުގައި މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކަށް އަނިޔާވެގެން ރިޕޯޓް ކޮށްފައި ވަނީ ހޯމަ ދުވަހު 10:00 ހާއިރު ކަމަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށާއި މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. އެކަކުގެ އުނަގަނޑަށް ތަދުވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އަނެއް މީހާގެ އިނގިއްޔެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ.

Advertisement

މި ހާދިސާ ހިނގާފައި ވަނީ ބިއްލޫރި ޝީޓް މައްޗަށް ނަގަން އުޅުމުގެ ތެރޭގައި ކަމަށާއި ދެ މީހުން ވެސް ތިބީ ސޭފްޓީ ހެލްމެޓް އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ.

އަމިއްލަ ކުންފުންޏަކުން މީގެ ތިން އަހަރު ކުރިން ފަސް ބުރިއަށް ހަދަން ފެށި މާވެޔޮ މިސްކިތް ކުރިން ހުރީ ދެ ބުރިއަށެވެ. އެ މިސްކިތުގައި ގާތްގަނޑަކަށް 1100 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގައި މާވެޔޮ މިސްކިތް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނި ނަމަވެސް އެ މިސްކިތް ހުޅުވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް