Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 10:27
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމާ މެދު ގޮތެއް ކަނޑައެޅުން ރީޝެޑިއުލް ކޮށްފި
ރީޝެޑިއުލް ކޮށްފައިވަނީ މެންދުރު 1:00އަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލަ ގެންގުޅުނު މައްސައިލައިގެ އިސްތިއުނާފަށް ގޮތެއް ކަނޑައެޅުމަށް ހޯމަ ދުވަހުގެ މެންދުރު 1:00 އަށް ތާވަލް ކޮށްފިއެވެ.

އެ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ފުރަތަމަ ތާވަލްކޮށްފައި ވަނީ އާދީއްތަ ދުވަހުގެ 12:45 ހާއިރަށެވެ. އެހެން ނަމަވެސް އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.

އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މައްސަލަ އަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެެވެ. އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެ ދުވަހު ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

Advertisement

ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ތާއީދު ކޮށްފައިވީ ނަމަވެސް ތަފްސީލީ ގޮތުން ހައިކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ. އެއަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކަމަށެވެ.

މި މައްސަލަ އަދީބުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފި ނަަމަ ދެން އެމަނިކުފާނު ތަންފީޒު ކުރަންޖެހޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ.

ހޯމަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް