Advertisement
ކ. މާލެ
|
27 މެއި 2019 | ހޯމަ 09:19
ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓްގެ އިސް ފަނޑިޔާރާއި ރާއްޖޭގެ ބަންޑާރަ ނައިބު
ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓްގެ އިސް ފަނޑިޔާރާއި ރާއްޖޭގެ ބަންޑާރަ ނައިބު
އޭޖީ އޮފީސް
މަރުހަބާ ދެންނެވުން
ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓްގެ އިސް ފަނޑިޔާރަށް ބަންޑާރަ ނައިބު މަރުހަބާ ދަންނަވައިފި
ކުރީގްލަރ ރާއްޖެ ވަޑައިގެން އުޅުއްވަނީ ޖުޑިޝަރީގެ މިނިވަން އެސެސްމެންޓެއް ހެދުމަށްޓަކައި

ދެކުނު އެފްރިކާގެ އެންމެ މަތީ ކޯޓްގެ ރިޓާޔާރޑް އިސް ފަނޑިޔާރު ޔޯހާމް ކުރީގްލަރ އަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަރުހަބާ ދަންނަވައިފިއެވެ.

ޔޯހާމް ކުރީގްލަރ ރާއްޖެ ވަޑައިގެން އުޅުއްވަނީ ޖުޑިޝަރީގެ މިނިވަން އެސެސްމެންޓެއް ހެދުމަށްޓަކައި ކަމަށް މައުލޫމާތު ލިބެއެވެ. ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އިސް ނަގައިގެން ވަނީ ފަށާފައެވެ.

Advertisement

އެގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން މަގުޗާޓެއް ވަނީ އެކުލަވާލާފައެވެ. މި މަގުޗާޓް އެކުލަވާލާފައި ވަނީ ފަނޑިޔާރުންނާއި ބޭރުގެ ފަރާތްތައް ހިމެނޭ ގޮތަށް މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި "ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" މަހާސިންތާގައި ފާޅުކުރި ހިޔާލުތަކަށް ބެލުމަށް ފަހުގައެވެ.

އެ މަގުޗާޓުގައި ހިމެނޭ ކަންތައްތައް އަދި ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް