Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 23:58
ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވަނީ
ހައުސިން މިނިސްޓަރ އާތިފާ ޝަކޫރު ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނާއި މަޝްވަރާ ކުރައްވަނީ
ހައުސިންގް މިނިސްޓްރީ
ބޯހިޔާވަހިކަން ފޯރުކޮށްދިނުން
އިޖްތިމާއީ ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަޝްވަރާކޮށްފި
ބޯހިޔާވަހި ކަމުގެ ވައުދަކީ ރައީސް ސާލިޚުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން އިޖްތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ އުސޫލެއް ކަނޑައެޅުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި މި މަޝްވަރާ ބައްދަލު ވުމުގައި ހައުސިން މިނިސްޓަރ އާތިފާ ޝަކޫރާއި ޖެންޑާ މިނިސްޓްރީގެ އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ބޯހިޔާވަހި ކަމުގެ ވައުދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޚުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

Advertisement

ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި މި ސަރުކާރުން ވަނީ ހައުސިން ކޯޕަރޭޝަނެއް އުފައްދާފައެވެ. އަދި މި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރކޮށްދޭނެ ކަމަށް ރައީސް ސާލިޚު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް