Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 17:15
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
މެމްބަރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އީވާގެ ބަހުގެ ހަމަލާ ސަރުކާރަށް
އެ ތުހުމަތުތަކަށް ރައީސް އޮފީހުން ޖަވާބެއް ނުދޭ
އެމްޑީޕީ މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން ބޮޑު

އާ މަޖިލީހަށް އިންތިހާބުވި މެމްބަރުންނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި، ކެބިނެޓްގެ ބައެއް ވަޒީރުންނަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ވަޒީރުން ނުވަތަ ސަރުކާރު ބުނާ ގޮތަށް ވޯޓު ދީގެން ކަމަށް ބުނުމަކީ ހަޑި ކަމެއް ކަމަށެވެ. ވެރިކަން ބަދަލު ކުރީ އެ އަޑު އަހަން ބޭނުން ނުވާތީ ކަމަށާއި އެހެން ދައްކާ ވާހަކަތަކަށް މެމްބަރުން ސިހިގެން ނުވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ވަޒީރުންނަށް ރައްދުވާ ގޮތަށް އީވާ ކުރެއްވި އެ ތުހުމަތުތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދަށް ސުވާލު ކުރުމުން، އޭނާ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއްނުވިއެވެ.

އީވާ އެގޮތަށް ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، ވަޒީރުން ވެސް އެ ކެމްޕެއިން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވާ އެމްޑީޕީގެ ފަސް ބޭފުޅުންގެ ތެރެއިން ވާދަވެރިކަން އެންމެ ބޮޑީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާ ދެމެދުގައެވެ.

އާ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ 65 މެމްބަރުންގެ ތެރެއިން، ބައެއް ބޭފުޅުން ގެންދަވަނީ އެބޭފުޅަކު ތާއިދު ކުރައްވާ ބޭފުޅެއްގެ ނަން ސޯޝަލް މީޑިއާގައި ފާޅުކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ދަނީ ރައްދު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 މެއި 2019 | އާދީއްތަ 20:10
ޅިޔަނު
ހަޑި އެއް ނޫން .... ހުތުރު
26 މެއި 2019 | އާދީއްތަ 19:18
ހަބީބު.
ހަސަންއަފީފު މިމަގާމައް ރަނގަޅުވާނީ އެއީ އޮބޫގެ މަދުމައިތިރި މިޒާޖާގުޅޭމީހެއް އަސްލަމު ރަނގަޅުވާނީ އައްޑޫގަ އޮޅުއަލަ ދަނޑުގެ ރައިސްކަމައް