ކ. މާލެ
|
26 މެއި 2019 | އާދީއްތަ 16:34
ކ. ދިއްފުށީގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްކޮށްލާފައި: ހަމަނުޖެހުން ފެށުނީ ރަށުގައި ވައްކަން އާންމުވުމުން
ކ. ދިއްފުށީގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު ޒަހަމްކޮށްލާފައި: ހަމަނުޖެހުން ފެށުނީ ރަށުގައި ވައްކަން އާންމުވުމުން
ޓްވިޓަރ
މަގޭ ރިޕޯޓް
މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
ރަށްތަކުގައި ވައްކަން އިތުރުވެ، ހުއްޓުވަން ނުކުންނަނީ އާންމުން
އެކަން ހިނގަނީ ފުލުހުންނަށް ކުރާ އިތުރުބާރު ގެއްލުމުން
މަގުމަތިން އިންސާފު ހޯދާނަމަ، ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުމެއް ނެތް

ކުށްތައް އިތުރުވެ، އާއްމު ދިރިއުޅުމަށް އޭގެ އުނދަގުލާއި ބިރުވެރިކަން ބޮޑުވުމަކީ ނުރައްކަލެކެވެ. ކުށް ކުރާ މީހުން ހިފައި، ހައްޔަރުކޮށް، އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވެގެން ދިއުމަކީ ވެސް ނުރައްކަލެކެވެ. ޖަރީމާތަކަށް އަރައިގަންނަ މީހުން ޖެހިލުމެއް ނެތި މުޖުތަމައުގައި ހިތުހުރި ގޮތަކަށް އުޅުމަކީ އަދި މާ ބޮޑު ނުރައްކަލެކެވެ. ރާއްޖޭގެ އެކި ރަށްރަށުން އެ ނުރައްކަލުގެ ސިގުނަލް އަޅަމުން ދަނިކޮށް، ރައްޔިތުން އަމިއްލައަށް ނުކުމެ، މުލައްދަނޑީގެ ބާރު ދަނީ ދައްކަމުންނެވެ. ރައްޔިތުން ނުކުމެ، ކުށް ކުރާ މީހުން ކަމަށް ބުނާ ބަޔަކު މަގުމައްޗަށް ނެރެ، އަނިޔާ އެބަ ކުރެއެވެ. ރަށަކަށް ފަހު، ރަށަކުން އެފަދަ ކަންކަން ސިލްސިލާކޮށް އެބަ ހިނގައެވެ.

އެކަން އެގޮތަށް ކުރާ މީހުން ހުއްޖަތެއް އެބަ ދައްކައެވެ. ކުށް ކުރާ މީހުން ފުލުހުންނަށް ނުހޯދޭ ކަމުގެ ޝަކުވާއެވެ. ހައްޔަރު ކުރިއަސް، މާ ގިނަ ދުވަހެއް ނުވެ އެފަދަ މީހުން ދޫކޮށްލާ ކަމުގެ ޝަކުވާއެވެ. ގާނޫނުގެ ދިގު އަތް އެ މީހުންނަށް ނުފޯރާ ކަމަށް ބައެއް މީހުން އެބަ ބުނެއެވެ.

ކ. ދިއްފުށީގައި ވައްކަން ކުރުން އާންމުވެ، ފުލުހުންނަށް އެކަން ނުހުއްޓުވުނު ކަމަށް ބުނެ، ރައްޔިތުން ރުޅިވެރިކަން އިތުރުވެ، އެ ރަށު ތެރޭގައި ހަމަނުޖެހުން ހިނގީ އެފަދަ ހާދިސާއަކާ ގުޅިގެންނެވެ. ގއ. ވިލިނގިލީގައި ވައްކަން ކުރުން އާންމުވެ، އެކަން ނުހުއްޓުވިގެން ކަަމަށް ބުނެ، ކަރަންޓު ދައްތުރައެއްގައި މީހަކު ޖެހި މަރުވީ ވެސް އެފަދަ ކަމަކާ ހުރެ ކަމަށް ބުނެއެވެ. އަދި ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު މީހަކު ފުލުހުން ހައްޔަރު ކުރީ ވެސް ބަޔަކު އޭނާ މަގުމައްޗަށް ނެރެ ގަން ހިންގުވަނިކޮށެވެ.

ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުން އެފަދަ ގޮތަކަށް މަގުމަތިން އިންސާފު ހޯދުމަކީ ގޯހެކެވެ. ގާތިލުންނަކީ ކޮބައިކަން އަމިއްލަށް ކަނޑައަޅައިގެން، މުލައްދަނޑީގެ ބާރު ދެއްކުމަކީ މާ ބޮޑު ގޯހެކެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އަމިއްލައަށް ގޮޅިއަށް ފެތިދާނެއެވެ. ރައްޔިތުން ނުކުމެ، މަގުމަތިން އިންސާފު ހޯދަންވެއްޖެނަމަ އޮންނާނީ ޖަންގަލީގެ ގާނޫނެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ކެނޑުނީއެވެ؟

ގައުމުތަކުގައި ދާހިލީ ހަނގުރާމަތަކާއި ބޮޑެތި ހަމަނުޖެހުންތަކުގެ އަސްލު ގުޅިފައި ވަނީ އެފަދަ ކަންތައްތަކަކާއެވެ. މުޖުތަމައުގައި ރުޅިވެރިކަން އުފައްދައި، ކުށްވެރިންނަކީ މިވެނި ބައެއް ކަމަށް އަމިއްލައަށް ކަނޑައަޅަން ފެށި ހިސާބުން ކުރިމަތިލުން އުފެދިފައި އެބަ ހުއްޓެވެ. އަދި ޖިންސާމީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ އާޚިރު ނަތީޖާއަކީ ސުލްހަ ގެއްލި، ނުރައްކަލަށް މުޖުތަމައު ހުށަހެޅިގެން ދިއުމެވެ.

މިފަދަ ކަންކަމަށް ފުލުހުން ހޭލާ ތިބެންޖެހެއެވެ. ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމު ކުރަން ހަވާލުވެފައިވާ މުއައްސަސާއަކީ ފުލުހުންނެވެ. ގާނޫނުން ފުލުހުންނަށް މަތިކޮށްފައި ވަނީ މުޖުތަމައުގެ އާންމު މަސްލަހަތާއި އަމަންއާންމު ދެމެހެއްޓުމެވެ. ފަރުދުންގެ ފުރާނަ އާއި މުދަލާއި ގޯތިގެދޮރު ރައްކައުތެރިކޮށް ހިމާޔަތް ކުރުމުގައި އެހީތެރިވުމުގައި ފުލުހުންނަށް ލިބިފައިވާ ވަސީލަތްތައް އެންމެ މަތީ ދަރަޖައަށް ބޭނުންކުރަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
31 މެއި 2019 | ހުކުރު 15:22
ާްަްްއާދަމް
ޤާނޫނީ އިމުގެތެރެއިން މިކަންކަން ހައްލުކުރަން ތިބޭމީހުނަށްނުވެ ދިއުޅި ދިގު ކުރާނަމަ މިކަހަލަ ކިތަންމެ ކަމެއްވެސް ފެންނާނެ
27 މެއި 2019 | ހޯމަ 23:29
ދެކުނުތަރި
ސަދޫމުގައިވެސް މިއައްވުރެ އިންސާފުވެރި ޝަރީއަތްކުރޭ.. ދޫނި ރާއްޖޭގެ ނަޒާހަތްތެރި ވަގުން ގިންވެ ފުނޑިޔާރުގޭގެ ޓިނު ނަގައިގެންވަދެ، 5 މީހުންގެ ތެރެއިން 2 މީހަކު ނެރުނު އަމުރަކުން ކުއްވެރިވީމަ، ދެން ޢަދުލު އިންސާފުގެ ވާހަކަ ނުދައްކާ. ރައްޔިތުންގެ ޙައްޤު އެމީހަކު އަމިއްލައަށް ހޯދުން ނޫން ގޮތެއް ނެތް.
27 މެއި 2019 | ހޯމަ 20:37
ކަޅު ސޮރު
ކީއްތޯ ކުރާނީ މިއަދު ކޯޓުތަކުން ކޮއްދޭހާވެސް ކަމަކީ ބައެއް ފަރާތްތަކައް ބޮޑަތި އަދަދުގެ ބަދަލު ހޯދާދިނުމެވެ ނިމިދިޔަ ސަރުކާރުގެ ދުވަސްތަކުގައި ކޮއްދޭ ކަމަމީ ސިޔާސީ މީހުން ޖަލަށް ލުމުވެ، އާމު ފަރުދެއްގެ މައްސަލަ އެތް ވިއްޔާމު ދިގުދެމިގެން 3 4 އަހަރަ ދަމާލަނީ ފޫހިވެގެން މައްސަލަ ދޫކޮއްލަން މަޖުބޫރު ވާވަރަށެވެ ދެންވާނީ މިހިނެވެ.
27 މެއި 2019 | ހޯމަ 09:20
ހަތާ
މުލަށްދަނޑިއަކުން އިންސާފެއް ނުހޯދޭނެ. ނަމަވެސް އެހެން ގޮތެއް ނެތިއްޔާ ދެންޖެހޭނީ މުލަށްދަނޑީގެ ބޭނުން ކުރާށެވެ. މިފަހަރު މުލައްދަނޑީގެ ބޭނުންކޮށްފައި އެވަނީ އެހެންވެގެން ކަމަށް ފެނެއެވެ.
27 މެއި 2019 | ހޯމަ 00:35
Magee
Kaleymen ganoonu vakeelhun kurany konkame tha migaumuga thibee hus laariya vikifa thibi meehun ރައްޔިތުން ިއިންސާފު ހޯދަން nikuthima mikiya ނީ ky k ތހަ
26 މެއި 2019 | އާދީއްތަ 23:52
އިންސާނާ
ދިވެހި ދައުލަތުގެ މުއައްސަސާތަކައް ގާނޫނާ ގަވާއިދުގެތެރެއިން ރައްޔިތުންނައް އިންސާފުހޯދާނުދެވޭނަމަ ދެން ރައްޔިތުން އިންސާފުބޭނުންނަމަ އިންސާފުހޯދާނީ މުލައްދަނޑީގެބާރުންތާ ދޯ
26 މެއި 2019 | އާދީއްތަ 19:20
ާމިކުއްޖާ
ދެންވާނީ ކިހިނެއްބާ.......؟
26 މެއި 2019 | އާދީއްތަ 19:11
ހަބީބު.
ކޮބާ އަދުލުއިންސާފު ނެތްތަނަކީ ހަލާކުވެފަވާތަނެއް އެކަންފެނިގެންމިދަނީ
26 މެއި 2019 | އާދީއްތަ 17:14
ޚޫދު
ތިޔަ ބުނާ ޖިނާއީ އިޖުރާއަތެއް އޮވެގެން މި ގައުމުގަ ވާ ކަމެއް އެބަ އޮތްތަ؟ ކާއްޓެއް ވަގައް ނަގާ މީހާ ހައްޔަރުގަ ބަހައްޓާ. މިލިޔަނުން ވައްކަން ކޮށް ފޭރޭ މީހުން، ގާތިލުން، ބޮޑެތި ޑްރަގު ޑީލަރުން ކަހަލަ މީހުން ހަމަ އެއްދޮރުން ވަނީ ، އަނެއް ދޮރުންނިކުތީ. ދެން ކޮބާ ތިޔަބުނާ އިޖުރާއަތެއްގެ ބޭނުމެއް.މި ނޫން ގޮތެއް ބޭނުން.