Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 12:55
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިސްތިއުނާފަށް ގޮތެއް ކަނޑައެޅުމުގެ އަޑުއެހުން ކެންސަލް!
ފިސްތޯލައިގެ މައްސަލައިގައި އަދީބަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިސްތޯލަ ގެންގުޅުނު މައްސައިލައިގެ އިސްތިއުނާފަށް ގޮތެއް ކަނޑައެޅުމަށް އާދީއްތަ ދުވަހަށް ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެ މައްސަލަ އަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:45 އަށެވެ. ކެންސަލް ކޮށްފައިވަނީ ކީއްވެ ކަމެއް ސުޕްރީމް ކޯޓުން ބުނެފައެއް ނުވެއެވެ.

Advertisement

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުއެެވެ. އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެ ދުވަހު އެދިފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުން އަދީބުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށައަޅާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ (ރ) އަށް ރިއާޔަތްކޮށް ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން އެކި ވައްތަރުގެ ބަޑި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކި ވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެކުރުން ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން ނުވަތަ ގެންގުޅުން ނުވަތަ ވިއްކުން ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުން އެއީ ކުށެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ތާއީދު ކޮށްފައިވީ ނަމަވެސް ތަފްސީލީ ގޮތުން ހައިކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫން ކަން އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލަ އަދީބުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައިފި ނަަމަ ދެން އެމަނިކުފާނު ތަންފީޒު ކުރަންޖެހޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ. އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ތަފާތު އެކި މައްސަލަތަކުގައި ކޮށްފައިވާ ހުކުމުގެ މުއްދަތު 33 އަހަރަށް ވުރެ ގިނައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް