Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 12:36
19 ވަނަ މަޖިލިސްގެ ހުރިހާ މެމްބަރުން އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާނެ
19 ވަނަ މަޖިލިސްގެ ހުރިހާ މެމްބަރުން އޮރިއެންޓޭޝަން ޕްރޮގްރާމްގައި ބައިވެރިވާނެ
މަޖިލިސް
ރާއްޖެ - އޮރިއެންޓޭޝަން ޕްރޮގްރާމް
މެމްބަރުންނަށް ޚާއްސަ ކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މިރޭ!
އޮރިއެންޓޭޝަން ޕްރޮގްރާމަކީ މަޖިލީހުގެ ކަންކަމަށް މެމްބަރުން އަހުލުވެރި ކުރުމަށް ބާއްވާ ޕްރޮގްރާމެއް
18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައި

ކޮންމެ އާ މަޖިލީހަކަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް މިރޭ އޮންނާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އޮރިއެންޓޭޝަން ޕްރޮގްރާމް އޮތީ މިރޭ 9:00ގައި ކަމަށެވެ.

މަޖިލިސް މެމްބަރުންނަށް ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމަކީ ކޮންމެ ފަސް އަހަރުން އާ މަޖިލީހެއް އިންތިޚާބު ކުރެވޭއިރު، މަޖިލީހުގެ ކަންތައްތަކަށް މެމްބަރުން އަހުލުވެރި ކުރުވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ.

މެމްބަރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައި، މެމްބަރުން ޗެމްބަރަށް އަހުލުވެރިކުރުމާއި، ވޯޓް ސިސްޓަމާއި، މައިކް ސިސްޓަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ އޮރިއެންޓޭޝަން ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ، މަޖިލިސް ފެށުމުގެ ކުރިން މެމްބަރުން ބޭނުންވާ މުހިއްމު މައުލޫމާތު ހިއްސާކުރުން ކަމަށެވެ.

18 ވަނަ މަޖިލީހުގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވާފައި ވަނީ 25 މެއި 2014 ގައެވެ.

Advertisement

ބުދަ ދުވަހުގެ ރޭ އޮންނަ ޕްރޮގްރާމްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެމްބަރުން ބައިވެރިވާނެ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެވެ. މަޖިލީހުގެ އިދާރާއިން ބުނީ މި ޕްރޮގްރާމްގެ ތެރޭގައި 18 ވަނަ މަޖިލީހާ ބެހޭ ފޮތެއް ނެރުން އޮންނާނެ ކަމަށެވެ. މި ފޮތަކީ 18 ވަނަ ދައުރުގެ ފަސް އަހަރުގައި މެމްބަރުން ކޮށްފައިވާ ހުރިހާ މަސައްކަތެއް ހިމެނޭ ފޮތެކެއެވެ. މީގެ އިތުރުން މަޖިލިސްގެ އާ ވެބްސައިޓް ފީޗާރސްތައް ދައްކާލުން ވެސް ބުދަ ދުވަހުގެ ރޭ ޕްރޮގްރާމްގެ ތެރޭގައި އޮންނާނެއެވެ.

އާ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 9:30 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އާ މަޖިލިސް ހުވާ ކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ ގިނަ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޮޑު ހޭދައެއް ކޮށްގެން މަޖިލީހުގެ ކޮންފަރެންސް ސިސްޓަމާއި އެނޫން ވެސް ބައެއް ކަންކަން ވަނީ ބަދަލުކޮށްފައެވެ.

މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީން ވަނީ އާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް