Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 12:41
އިސްލާމިކް މިނިސްޓްރީ: ފަގީރުންގެ ލިސްޓް ބަަލައި ޗެކްކުރަނީ ޒަކާތު ކޮމިޓީން
އިސްލާމިކް މިނިސްޓްރީ: ފަގީރުންގެ ލިސްޓް ބަަލައި ޗެކްކުރަނީ ޒަކާތު ކޮމިޓީން
ރާއްޖެ އެމްވީ
ފަގީރުންގެ ދަފްތަރު
ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން 3000 އަށް ވުރެ ގިނަ ފޯމް!
ފައިސާ ދޫކުރަނީ އެ މީހަކަށް ލިބޭ އާމްދަނީއާ ކުރާ ހަަރަދަށް ބަލާފައި
ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ތިންވަަނަ ދުވަހު

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވުމަށް އެދި 3000 އަށް ވުރެ ގިން ފޯމް ހުށައަޅާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސާދަސަތޭކަ ސާޅިސް ފަސްވަނަ ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ ނިމިގެން ދިޔަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން 28 ވަނަ ދުވަހަށެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހު ރާއްޖެއެމްވީއަށް ވިދާޅުވީ، ފަގީރުންގެ ލިސްޓްގައި ޖެހުމަށް 3000 އަށް ވުރެ ގިނަ ފޯމް ލިބިފައިވާ ކަމަށާއި، ފޯމްތައް ބަލައި ޗެކްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ. ކޮންމެ ފޯމެއްގައި އެ އާއިލާއެއްގައި ހިމެނޭ ފަރާތްތައް ހިމެނިދާނެއެވެ.

Advertisement

އަފްރާހު ވިދާޅުވީ، ޒަކާތު ކޮމިޓީ އިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު މި ރަމަޟާން މަހުގެ 28 ވަަަނަ ދުވަހުގެ ކުރިން ފައިސާ ދޫކުރަން ހަމަޖެހިފައިވާ ކަމަަށެވެ. ފައިސާ ދޫކުރާނީ އެ މީހަކަށް ލިބޭ އަމްދަނީއާ ކުރާ ހަރަދަށް ބަލާފައެވެ. ފަގީރުންނަށް ދޭ ފައިސާގެ އަދަދު އަދި ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓްރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 16،205 މީހެކެވެ.

ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކުރާ އަދަދު ކޮންމެ އަހަރަކު ވެސް އިތުރުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 މެއި 2019 | އާދީއްތަ 13:36
ތިމަންނަ
ކޮންމެވެސް ގައުމެއްގައި އެންމެ ފަގީރުންގެ ގޮތުގައި ތިބެނީ ފަޑިޔާރުން ކަމަށް ބުނިމީހަކު ބުނާތީ އަޑުއިވުނު ކޮންމެވެސް މީހަކު ބުންޏޯ