Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 10:47
އެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން
އެ މީހާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިން
ބަދުއަޙުލާގީ މައްސަލަ
ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި
ހައްޔަރު ކުރީ 19 އަހަރުގެ މީހެއް
ބަޔަކުވަނީ އޭނާ ބަރަހަނާ ކޮށް ގަން ހިންގުވާފައި

ހުޅުމާލޭގައި ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއްޖަހާކަށް އިރު ހަ އަހަރު އަދި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ދަންވަރު 02:48 ހާއިރު ކޯޓު އަމުރުގެ ދަށުންނެވެ.

Advertisement

ފުލުހުން މީހަކު ހައްޔަރު ކުރި ކަމަށް ބުނެފައިވާއިރު، އެ މީހާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ. ބަޔަކު ވަނީ އެ މީހާ ބޮކްސާ ކޮޅުގައި ހުޅުމާލޭގައި ގަން ހިންގުވާފައެވެ.

ކުޑަ ދެ ކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަ ޖެންޑާ މިނިސްޓްރީން ވެސް ބަދަލަމުން ދާ ކަމަށް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް