Advertisement
ކ. މާލެ
|
26 މެއި 2019 | އާދީއްތަ 10:35
ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް އަދީބު ވަދެވަޑައިގަންނަވަނީ
ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް އަދީބު ވަދެވަޑައިގަންނަވަނީ
ޓްވިޓަރ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ ހުކުމާ މެދު މިއަދު ގޮތެއް ނިންމަނީ
ފިސްތޯލައިގެ މައްސަލައިގައި އަދީބަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި

ފިސްތޯލައެއް ގެންގުޅުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ 10 އަހަރުގެ ޖަލު ހުކުމާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އެ މައްސަލަ ތާވަލް ކޮށްފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 12:45 އަށެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެެވެ. އަދީބުގެ މައްޗަށް އިއްވި ޖަލު ހުކުމް ސާބިތު ނުވާ ކަމަށާއި އެހެން ކަމުން އެ މައްސަލަ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ އެ ދުވަހު އެދިފައެވެ. އަދީބު ފިސްތޯލައެއް ގެންގުޅުއްވި މައްސަލާގައި ދަށު ކޯޓުން އޭނާގެ މައްޗަށް ވަނީ 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ދަށު ކޯޓުން އަދީބުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށައަޅާފައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ (ރ) އަށް ރިއާޔަތްކޮށް ކަމަށެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުން އެކި ވައްތަރުގެ ބަޑި ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކި ވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެކުރުން ނުވަތަ އެފަދަ ތަކެތި ރާއްޖޭގައި އުފެއްދުން ނުވަތަ ގެންގުޅުން ނުވަތަ ވިއްކުން ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުން އެއީ ކުށެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ ދަށު ކޯޓުގެ ހުކުމް ހައިކޯޓުން ތާއީދު ކޮށްފައިވީ ނަމަވެސް ތަފްސީލީ ގޮތުން ހައިކޯޓުން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އަދި އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ނޫންކަމަށް އެނގޭ ކަމަށެވެ. އެހެންކަމުން އެ ހުކުމް ބާތިލް ކޮށްދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

Advertisement

އެންމެ ފަހުން ބޭއްވި އިސްތިއުނާފުގެ އަޑުއެހުމައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މި މައްސަލައިގައި ދެން އޮންނާނީ ހުކުމް ކަމަށެވެ.

އާދީއްތަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲ އާއި ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

މި މައްސަލަ އަދީބުގެ މައްޗަށް ސާބިތު ނުވާކަމަށް ކަނޑައަޅައިފި ނަަމަ ދެން އެމަނިކުފާނު ތަންފީޒު ކުރަންޖެހޭނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އިއްވި އަށް އަހަރުގެ ހުކުމް އެކަންޏެވެ.

އަދީބު ފިސްތޯލަ ގެންގުޅުނުކަން ސާބިތުކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް