Advertisement
ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 22:09
އިންޑިއާގެ ބޮޑު ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑު ބޮޑުވަޒީރު ނަރެންދުރަ މޯދީ
އެންޑީޓީވީ
އިންޑިއާގެ އާންމު އިންތިހާބު
ބީޖޭޕީ ސަރުކާރު އަލުން އަނބުރާ ވެރިކަމަށް އައުމަކީ ލިބޭ ހިތްހަމަޖެހުމެއް: ނަޝީދު
ރާއްޖެއިން އިންޑިއާ އާއެކު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ވިދާޅުވި
ރައީސް ނަޝީދު ވަނީ ޓްވިޓާގައި ވީޑިއޯ މެސެޖެއް އާންމު ކުރައްވައިފައި
ކުރިއަށް އޮތްތާ އިންޑިއާ ސަރުކާރާ ގުޅިގެން ކުރާ މަސައްކަތް އިތުރު ކުރާނެ

އިންޑިއާގެ އާންމު އިންތިހާބުގައި، މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ކޯލިޝަނުން ހޯއްދެވި ކާމިޔާބީ އަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޓުވިޓަރގައި އާންމު ކުރެވިފައިވާ ވީޑިއޯ މެސެޖްގައި ނަޝީދު ވިދާޅުވީ ރާއްޖެއިން އިންޑިއާ އާއެކު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި ފާއިތުވެދިޔަ މަސްތަކުގައި އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ވަރަށް ކައިރިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު ދިމާވި ގޮންޖެހުންތައް ގިނަކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އޭރުވެސް އިންޑިއާ ސަރުކާރާއި އިންޑިއާ ރައްޔިތުންގެ ތާއީދު އޮތް ކަމަށެވެ.

Advertisement

މީގެ އިތުރުން ނަޝީދު ވަނީ އެމަނިކުފާނުގެ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް މޯދީ އަށް މަރުހަބާ ދަންނަވާފައެވެ. އަދި އެ ޓުވީޓުގައި ނަޝީދު ވިދާޅުވީ ގިނަ ބަޔަކު ލާފަކުރި ގޮތަށް، ބޮޑު އަގުލަބިއްޔަތަކުން މޯދީ އާންމު އިންތިހާބު ކާމިޔާބު ކުރައްވައިފި ކަން އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ ސަރުކާރާ ގުޅިގެން ރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ މި ޓުވީޓަށް ރައްދު ދެއްވާ މޯދީ ވަނީ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމިންގެ ސަރުކާރުން ގެންގުޅުނު ހާރިޖީ ސިޔާސަތުގެ ސަބަބުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި ވަނިކޮށް، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އެ ގުޅުން އަލުން ބަދަހި ކުރައްވާފައެވެ. އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުން ގެންގުޅޭނީ "އިންޑިއާ ފުރަތަމަ" ހާރިޖީ ސިޔާސަތެއް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް