Advertisement
ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 22:06
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް
ރައީސް އޮފީސް
މައުމޫން ފައުންޑޭޝަން
މައުމޫން ފައުޑޭޝަނުން ބާއްވާ އިހްޔާ ޖަލްސާ ބުދަ ދުވަހުގެ ރޭ
ޖަލްސާގައި ބައިވެރި ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ދައުވަތު އަރުވާފައި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައުމޫން ފައުޑޭޝަނުން ބާއްވާ އިހްޔާ ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ މިހިނގާ މެއި މަހުގެ 29 ވަނަ ދުވަހު ރޭ ބާއްވާ މި ޖަލްސާ ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ. އަދި ޖަލްސާ ފެށޭނީ 10:00 ގައި ކަމަށް މައުމޫން ފައުންޑޭޝަނުން މައުލޫމާތު ދެއެވެ.

Advertisement

ރަމަޟާން މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ މި ޖަލްސާގައި ބައިވެރި ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުމޫން ފައުންޑޭޝަނުން ވަނީ ދައުވަތު އަރުވާފައެވެ.

ކޮންމެ އަހަރަކު ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރިއަށް ގެންދަވާ އިޙްޔާ ޕްރޮގްރާމްތައް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. ނިމުނު އަހަރުގެ ރަމަޟާން މަހުގައި އެމަނިކުފާނު ހުންނަވަންޖެހުނީ ޖަލުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް