Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 12:57
ފޮރިން މިނިސްޓަރ ޑރ. އާސިމް އދ. ގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ފޮރިން މިނިސްޓަރ ޑރ. އާސިމް އދ. ގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ގޫގުލް
ޔޫއެންއެޗްއާރްސީ
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
ފަލަސްޠީނުގެ ބިންތައް މިނިވަންކުރަންޖެހޭ
އަރަބި ބިން ދޫކޮށްލުމަށް ގޮވާލެއްވި
ސީރިއާގެ މައްސަލައަށް ޙައްލެއް ހޯދުން މުހިއްމު

ނުޙައްޤުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވާ އިސްރާއީލް ކުށްވެރިކޮށް، ފަލަސްޠީނުގެ ބިމުން ފޭބުމަށް ރާއްޖެއިން އިސްރާއީލަށް ގޮވާލައިފިއެވެ.

މިހާރު ކުރިއަށްދާ އދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓުގައި ތަޤުރީރު ކުރައްވަމުން، ހޯމަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އާސިމް ވިދާޅުވީ، އިޚުތިރާމާއި، ގުޅިގެން އުޅުން އިސްކުރަން ޖެހޭ ކަމަށާ، އެ ނޫން ގޮތަކަށް ފަލަސްޠީނު-އިސްރާއީލު މައްސަލައަށް ހައްލެއް ނުހޯދޭނެ ކަމަށެވެ.

އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގެންފައިވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް ކަން ފާހަގަކޮށް، ރާއްޖެއިން ވަނީ، 1967 ވަނަ އަހަރުން ފެށިގެން އިސްރައީލުން ނުޙައްޤުން ވެރިވެގެންފައިވާ ފަލަސްޠީނާއި އަރަބި ބިންތަކުން ފޭބުމަށް ވެސް އިސްރާއީލަށް ގޮވާލާފައެވެ.

އަދި އދ ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާއި ޤަރާރުތަކަށް ބޯލެނބުމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ތަރަހައިގެ ތެރެއަށް ވަނުމަށް ވެސް ރާއްޖެއިން ވަނީ އިސްރާއީލަށް ގޮވާލާފައެވެ.

ސީރިއާގެ މައްސަލައަށް އަލިއަޅުއްވާލައްވައި މިނިސްޓަރ އާސިމް ވަނީ، ސީރިއާގައި ހިނގަމުންދާ ހަނގުރާމަ އާއި ހަމަނުޖެހުން ހުއްޓާލައި، ހަނގުރާމައިގެ އަސަރު އެކި ގޮތްގޮތުން ކޮށްފައިވާ ފަރާތްތަކުގެ އަސާސީ އިންސާނީ ޙައްޤުތަކަށް އިޚުތިރާމް ކުރުމަށް ހަނގުރާމައިގައި ބައިވެރިވާ އިދިކޮޅު ފަރާތްތަކަށާއި، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރަށް ވެސް ގޮވާލައްވާފައެވެ.

އަދި ހަނގުރާމައިގެ ރެފިއުޖީން ބަލައިގަންނަ ޤައުމުތަކުން އެފަރާތްތަކަށް ލޯތްބާއި އެކު އަޅާލުމާއި، އެފަރާތްތަކަށް އެހީވުމުގައި ފަސް ނުޖެހުމަށް ވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

މުސްލިމުންނާ މެދު ބިރުވެރިކަން އުފައްދާ އިސްލާމޮފޯބިއާ އާއި އެފަދަ އެހެންވެސް ތަފާތުކުރުންތައް ގިނަވެފައި، އާލާވަމުންދާ ހިސާބުތަކުގައި އެކަން ހުއްޓައި އިޚުތިރާމާއި، ހުރިހާ ޚިޔާލެއް ބަލައިގަތުމުގެ ރީތީ އަށަގެންނެވުމަށް ވެސް ރާއްޖެއިން ވަނީ ޔޫއެންއެޗްއާރްސީގައި ބާރުއަޅާފައެވެ.

އދ ގެ މެންބަރު ޤައުމުތަކުގެ ތެރެއިން އާންމު ޖަލްސައިން އިންތިޚާބުކުރާ 47 ޤައުމު ހިމެނޭ ޔޫއެންއެޗްއާރްސީ ގައި ރާއްޖެއިން މީގެ ކުރިން 2 ދައުރު އަދާކޮށްފައިވާއިރު، ކުރިޔަށް އޮތް ދައުރުގައި އެ ކައުންސިލްގެ މެންބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ދަނީ ކެމްޕެއިން ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް