Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 10:47
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން: އޭނާއަށް ފަރުވާދީފައިވަނީ މައިބަދައިގެ މައްސަލައެއްގައި
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން: އޭނާއަށް ފަރުވާދީފައިވަނީ މައިބަދައިގެ މައްސަލައެއްގައި
ރައީސް އޮފީސް
ޓެރަރިޒަމް
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
އޭނާއަށް ފަރުވާދީފައިވަނީ މައިބަދައިގެ މައްސަލައެއްގައި
މުހުތާޖު އޭޑީކޭގައި އެޑްމިޓްކޮށްފައި ވަނީ ހޯމަ ދުވަހު
މުހުތާޒް މުހުސިން ތަންފީޒް ކުރައްވަމުންގެންދަވަނީ 17 އަހަރުގެ ޖަލު ހުކުމެއް

 ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންގެންދަވާ ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ރާއްޖެޓީވީއަށް އެނގިފައިވާގޮތުގައި މުހުތާޒު މުހުސިން އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދީފައިވަނީ ހޯމަ ދުވަހު އެވެ. އަދި އޭނާއަށް ފަރުވާދެނީ މައިބަދައިގެ މައްސަލައެއްގައި ކަމަށް ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް މިކަމާ ގުުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބަހެއް ބުނެފައެއް ނެތެވެ. 

މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުކޮށް 17 އަހަރަށް ޖަލަށް ހުކުމް ކޮށްފައިވަނީ ޖޫން 9، 2016 ވަނަ އެވެ. މިހްތާޒާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ޖަލަށްލީ، ކޯޓް އަމުރެއް ބޭނުންކޮށްގެން ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއްގަ އެވެ. 

ރާއްޖެޓީވީއަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެފައިވާގޮތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ. މުހުތާޒްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ، އެ ދައުވާ އެގޮތަށް ނުކުރެވޭނެ ކަމަށް އެ މައްސަލައާ ހަވާލުވި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ލަފާދީފައިވަނިކޮށްކަން ވަނީ އެނގިފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް