Advertisement
ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 16:26
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
މޫސުން
ހއ އަތޮޅުން ބ އަތޮޅަށް ވައިޓް އެލާރޓް ނެރެފި
ވިލާގަނޑު ގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ
ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ވައިޓް އެލާރޓް ނެރެފިއެވެ.

Advertisement

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހޮނިހިރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ވިލާގަނޑު ގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

އެކަމާ ގުޅިގެން ހޮނިހިރު ދުވަހު މެންދުރު 14:35 އިން ފެށިގެން ހަވީރު 17:15އާ ހަމައަށް އެ ސަރަހައްދަށް ވައިޓް އެލާރޓް ނެރިފައިވާއިރު، ހުކުރު ދުވަހު ވެސް ވަނީ އެ ސަރަހައްދުގައި ހިމެނޭ ހއ.އުލިގަމަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ދިގު ދެމިގެންދާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް ސެންޓަރުން ލަފާކޮށްފައިވާއިރު، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރަވާނެ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް