ލ. ގަމުން ރުށް ބޭރު ކުރަނީ ކައުންސިލުން ހުއްދަ ދީގެން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން ބުނީ ރިސޯޓް ޕްރޮޖެކްޓަކަށް ދޫކޮށްފައިވާ ރާއްޖެ އިން ބޭރުގެ ލޭންޑިންގ ކްރާފްޓަކަށް ގަމުން ރުއް ބަރުކުރާ ކަމުގެ މައުލޫމާތު ހުކުރު ދުވަހު ލިބިފައިވާ ކަމަށެވެ.
ކަސްޓަމްސް އިން ބުނީ އެ މައުލޫމާތު ލިބުމާ އެކު އެ މައްސަލަ އިތުރަށް ބެލިބެލުމުން، އެ އުޅަނދަށް ރުއް ބަރުކުރަނީ ގަމު ކައުންސިލް ހުއްދަދީގެން ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ގަމުން ރުއް ނަގަނީ ރާއްޖޭން ބޭރަށް ގެންދިއުމަށެވެ. ކަސްޓަމްސް އިން ބުނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ބަނދަރުކުރުމާއި ގޮސް އައިސްވުމާއި އެ އުޅަނދުފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާ ކަމެއް ކަމަށެވެ.
މި މައްސަލަ އެންވައަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އިތުރަށް ބަދަލުމުންދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ރުއް ނެގުމަކީ މިހާރު އާންމު މައްސަލައެކެވެ. އަދި ރުއްގަސް ނަގައިގެން ރިސޯޓުތަކަށާއި، ރާއްޖޭން ބޭރުގެ ގައުމުތަކަށް އަގު ބޮޑުކޮށް ދަނީ ވިއްކަމުންނެވެ. އަދި މި ކަމުގައި ބައެއް ކައުންސިލްތަކުން ބައިވެރިވާކަން ވަނީ ފާހަގަކުރެވިފައެވެ.