Advertisement
ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 11:39
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ބެލެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުން
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ބެލެވޭ މައްސަލާގައި ހައްޔަރުކޮށްފައިވާ ތިން މީހުން
އިންޑިއަން އެކްސްޕްރެސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް މަސްތުވާތަކެތީގެ އަގު 26.7 މިލިއަން ރުފިޔާ އަށް އަރާ
ރާއްޖޭގެ އިތުރުން ލަންކާ އަށް އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ
އަތުލައިގަތީ ޓްރިވަންޑްރަމް އިން

އަވަށްޓެރި އިންޑިއާގެ ޓްރިވަންޑްރަމުން ރާއްޖެ އެތެރެކުރަން އުޅުނު ކަމަށް ބެލެވޭ 26.7 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެތި އަތުލައިގަނެފިއެވެ.

ޓްރިވަންޑުރަމްގެ އެކްސައިޒް ޑިޕާޓްމެންޓާ ހަވާލާދީ "ދަ އިންޑިއަން އެކްސްޕްރެސް"ގައި ބުނެފައި ވަނީ، 11.5 ކިލޯގެ މަސްތުވާތަކެތި ހޯދާފައި ވަނީ ވެންޕަލަވައްޓޮމް އަވަށުގެ ކާރެއްގެ ތެރެއިން ކަމަށެވެ. އެތަކެތި ފޮރުވާފައި ހުރީ ކާރުގެ އެކި ތަންތަނުގައި ކަމަށާއި، ކާރު ތެރެއިން ކަނޑި އެއްވެސް ފެނިފައިވާ ކަމަށެވެ.

Advertisement

އެ ކަނޑިއަކީ އެ މީހުން ކެރެލާ އަށް އައިއިރު ދުޝްމަން ގޭންގުތަކުން ދީފާނެ ހަމަލާއަކުން ސަލާމަތްވުމަށް އަމިއްލަ ރައްކަލަކަށް ގެންގުޅުނު އެއްޗެއް ކަމަށް އެކްސައިޒް ޑިޕާޓްމެންޓުން ބުންޏެވެ. އަންދްރަޕްރެދޭޝުން ޓްރިވަންޑްރަމް އަށް މަސްތުވާތަކެތި އެތެރެ ކުރުމަށް އެ މީހުންނަށް ފީއެއްގެ ގޮތުގައި އެއްލައްކަ ރުޕީސް ލިބިފައިވާ ކަމަށް

އެކްސައިޒް ޑިޕާޓްމަންޓްގެ ކޮމިޝަނަރު ރިޝީ ރާޖް ސިންގް ވިދާޅުވީ، ބެލެވޭ ގޮތުގައި އެ މަސްތުވާތަކެއްޗަކީ ރާއްޖޭގެ އިތުރުން ލަންކާ އަށް އެތެރެ ކުރަން އުޅުނު ތަކެއްޗެވެ. ކަނޑާއި ވައިގެ މަގުން މަސްތުވާތަކެތި އެހެނިހެން ގައުމުތަކަށް ބޭރުކޮށްފައިވުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 މެއި 2019 | ހޮނިހިރު 19:03
ޙޫން
ކަނޑު ގެ ސަރަހަައްދު ސިކިއުރިޓީ ވަރުގަދަ ކުރަން ވީ ހަތިޔާރު ވެސް އެތެރެ ކޮއްފާނެ ސިފައިން ނާއި ފުލުހުން އެބަ ޖެހޭ މިކަން ކަމަ ސަމާލުވާން ރައިޔަތުން ގެ ހައްގުގާ