Advertisement
ކ. މާލެ
|
25 މެއި 2019 | ހޮނިހިރު 08:20
ފުލުހުން ހަރަކާތްތެރިވަނީ
ދިއްފުށީގައި ފުލުހުން ހަރަކާތްތެރި ވަނީ!
ވައްކަމުގެ މައްސަލައަކާ ގުޅިގެން ރަށުގައި ވަނީ ހަމަނުޖެހުން ބޮޑުވެފައި

ކ. ދިއްފުށީގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

Advertisement

ދިއްފުށީގައި ހުކުރު ދުވަހުގެ ރޭ ފުލުހުން ހަރަކާތް ތެރިވާން ފަށާފައި މި ވަނީ އެ ރަށުގައި ވައްކަން ކުރާ މައްސަލަ ބޮޑުވެގެން މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުން ނުކުމެ ވަގު ހޯދަން ކުރި މަސައްކަތާ ގުޅިގެން ހަމަނުޖެހުންތަކެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.

މި ހަމަނުޖެހުމުގައި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ އުމުރުން 32 އަހަރުގެ މީހެއްގެ ބަންދަން ތުލުސްދޫ ކޯޓުން މިހާރު ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

ފުލުހުން މި މީހާ ހައްޔަރުކޮށްފައިވަނީ ހަމަނުޖެހުންތަކުގައި ލިބުނު އަނިޔާއަށް ދިއްފުށިން ފަރުވާ ހޯދުމަށްފަހު ތުލުސްދުއަށް އޭނާ އައި ފެރީއަށް ފުލުހުން އަރައިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް