Advertisement
ކ. މާލެ
|
24 މެއި 2019 | ހުކުރު 23:17
ހެލްތް މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
ފިތުރު އީދު ބަންދުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި
ބަންދު ދުވަސްތަކުގައި ދަމަނަވެށިން ޚިދުމަތް ނުދޭ

ފިތުރު އީދު ބަންދު ފެށުމުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ 1440 ވަނަ އަހަރުގެ ފިތުރު ޢީދާއި ގުޅިގެން ބަންދު ދުވަސްތައްކަމުގައި ހަމަޖެހިފައިވާ ދުވަސްތަކުގައި ދަމަނަ ވެށީގައިވެސް ޚިދުމަތް ނުދޭނެ ކަމަށެވެ.

މި މުއްދަތުގައި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުން ޖަހަންޖެހޭ ވެކްސިންތައް (ޓްރެވަލް ވެކްސިން) ފިތުރު ޢީދު ބަންދު ފެށުމުގެ ކުރިން ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.

Advertisement

މީގެ އިތުރުން މިނިސްޓްރީން ބުނީ ވެކްސިން ޖެހުމަށްފަހު ލިބޭ ވެކްސިން ސެޓްފިކެޓްގައި ހުރިހާ މަޢުލޫމާތު ހަމައަށް ހުރިތޯ ޗެކުކުރަންޖެހޭ ކަމަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ބަންދު ދުވަސްތަކުގައި އިމަޖެންސީކޮށް ކޮންމެހެން ޖަހަންޖެހޭ ޓްރެވަލް ވެކްސިން ޖަހައިދެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓް، މުއްދަތު ހަމަނުވާ އައިޑީ ކާރޑް އަދި މަތީގައި މުއްދަތުގައި ފުރުމަށް ޓިކެޓް ނުވަތަ ރަސްމީ ތައްގަނޑުޖެހި ޓްރެވަލް ޑޮކިއުމެންޓް ފުރިހަމަކުރުމަށްފަހު 3322403 މިނަންނަބަރަށް ގުޅާ ފަރާތްތަކަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް