Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 08:44
ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފް ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފް ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
އައިލްސްގެ ދަސްވެނިވުން
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް
މިއަދު ފުލުހުންނަކީ ކުށް އުފަންވުމުގެ ކުރިން ކުށް ދެނެގަންނަންޖެހޭ ބައެއް
ހުރިހާ މައްސަލައަކީ ނުދަތުން. ހުރިހާ މައްސަލައެއްގެ ހައްލަކީ ދަތުން
ހަފުލާގައި ވަނީ އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފަ

އާންމު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެނގެންވާ ވަރަށް ނޭނގުމުގެ ސަބުބުން ބައެއް ފުލުހުންނަށް ގޯސްކަންތައްތައް ކުރެވޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން އަރީފް ވިދާޅުވެއްޖެ އެވެ.

 

ފުލުހުންގެ އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ދެވަނަ ދަސްވެނިވުމުގެ ހަފުލާގައި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވީ އަދުގެ ދުނިޔޭގައި ފުލުހުންގެ ފަލްސަފާ ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. މިއަދު ފުލުހުންނަކީ ކުށް އުފަންވުމުގެ ކުރިން ކުށް ދެނެގަންނަންޖެހޭ ބައެއް ކަމަށް ސިޕީ ވިދާޅުވި އެވެ. އަދި ފުލުހުންނަކީ އޮމާންކަމާއި، ހިމޭންކަމާއެކު މައްސަލަ ހައްލުކުރަންޖެހޭ ބައެއް ކަމަށް ސީޕީ ވިދާޅުވި އެވެ. ނަމަވެސް ސީޕީ ވިދާޅުވި ގޮތުގައި އެކަންތައް ކުރެވޭނީ އިލްމާއި، ހިލްމް ލިބިގެންނެވެ.

 

އޭނާ ވިދާޅުވީ، ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފުލުހުންގެ މުއައްސަސާތައް މަސައްކަތްކުރަމުން އަންނަނީ އާންމުންނާއި ގުޅިގެން ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި އަދި އެގޮތަށް އަމަލުކުރެވެ މަންޒަރު ނުފެންނަ ކަމަށް ސީޕީ ވިދާޅުވި އެވެ.

 

"އެ މަސައްކަތްކުރެވޭނީ އިލްމާއި ހިލްމް އުގަންނައިދެވިގެން. ޕްރޮފެޝަނަލް ކަމެއްގެ ގޮތުގައި... އަޅުގަނޑު ދެކޭގޮތުގައި ހުރިހާ މައްސަލައަކީ ނުދަތުން. ހުރިހާ މައްސަލައެއްގެ ހައްލަކީ ދަތުން... އެނގެންވާ މިންރަށް ނޭނގުމުގެ ސަބަބުން ފުލުހުން ރައްޔިތުންނަށް ހިދުމަތްދޭ ދިނުމުގައި ބައެއް ފަހަރު ދެރަކޮށް ދިމާވާ ކަންކަންވެސް އެބަހުރި" ސީޕީ ވިދާޅުވި އެވެ.

 

 

ފުލުހުންގެ އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ދެވަނަ ދަސްވެނިވުމުގެ ހަފުލާގައި ވަނީ އެކި ދާއިރާތަކުން 100 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެފަ އެވެ. އެއީ ބެޗެލާ އޮފް ސައިންސް އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި އެސޯސިއޭޓް ޑިގްރީ އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް އާއި ޑިޕްލޮމާ އިން ޕޮލިސިން އަދި ޑިމްޕޮލާ އިން ފޮރެންސިކް އިންވެސްޓިގޭޝަން ކޯސް ފުރިހަމަ ކުރި ދަރިވަރުންނެވެ. ދަސްވެނިވި ދަރިވަރުންގެ ތެރޭގައި އެހެން އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންވެސް ހިމެނެ އެވެ.  

 

ފުލުހުންގެ އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ކޯސްތައް ކުރިއަށްގެންދަނީ ވެސްޓާރން ޔުނިވާރސިޓީ އޮފް ސިޑްނީ އާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް