Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 22:57
ދަނބިދޫގެ ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ދަނބިދޫގެ ޒުވާނުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޔޫތު މިނިސްޓްރީ
ލ.ދަނބިދޫ
ޔޫތް މިނިސްޓަރަކު އަލަށް ދަނބިދޫއަށް ވަޑައިގެންފި
މިނިސްޓަރު މަހުލޫފު ޒުވާނުންނާ ބައްދަލު ކުރެއްވި
ކުޅިވަރު ތަރައްގީ ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ލ.ދަނބިދޫއަށް އަލަށް ޔޫތް މިނިސްޓަރަކު ވަޑައިގަންނަވައިފިއެވެ.

މީގެ ކުރިން އެއްވެސް އެހެން ޔޫތް މިނިސްޓަރަކު އެ ރަށަށް ވަޑައިގެންފައެއް ނުވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށުގެ ކައުންސިލްގެ ރައީސް ހުސެއިން އަޝްރަފް ވިދާޅުވީ, ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު އެރަށަށް ވަޑައިގަންނަވާ ޒުވާނުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ, އަލަށް ޔޫތް މިނިސްޓަރަކު ވަޑައިގަންނަވާ ކުޅިވަރު ތަރައްގީ ކުރުމާ ބެހޭ ގޮތުން ޒުވާނުންނާ މަޝްވަރާ ކުރުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

Advertisement

އަޝްރަފް ވިދާޅުވީ މިބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ މިހާރު ބޭނުންކުރަމުންދާ ދަނޑުގައި ޓާފު އަޅާނީތޯ ނުވަތަ ފުޓްސަލް ދަނޑެއް އެޅުމާ ބެހޭ ގޮތުން ކަމަށެވެ. އަދި މިބައްދަލުވުމުގައި ވަކި ގޮތަކަށް ނުނިންމާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަޝްރަފް ވިދާޅުވީ ޒުވާނުން ބޭނުންވާ ގޮތަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ދަނޑު ތަރައްގީ ކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓަރު މަހުލޫފު ދެއްވި ކަމަށެވެ. މިއީ ޒުވާނުންނަށް ލިބުނު އުފަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓަރު މަހުލޫފް ދަނބިދޫއަށް ވަޑައިގެންނެވީ މިހާރު ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގަ އެވެ. ދަނބިދޫގެ އިތުރުން އިސްދޫ ކަލައިދޫއަށް މިނިސްޓަރު ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް