Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 07:49
ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފުލުހުންގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަނީ
މުހައްމަދު ޝަރުހާން
ފުލުހުން
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
ފުލުހުންނަކީ ތައުލީމް ލިބިފައިވާ، ވަރަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާ ބައެއް
ރާއްޖޭގައި އުފެދިފައިހުރި މުއައްސަސާތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އިތުބާރަންޖެހެނީ ފުލުހުންގެ މުއައްސަސާއަށް
ސޯޝަލް މީޑިއާގައި ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ވަކިވަކި ފުލުހުން ކުރާ ގޯސް ކަންތައްތަކުގެ ޒިންމާ ފުލުހުންގެ މުޅި މުއައްސަސާއިން ނަގަން ނުޖެހޭނެ ކަމަށާއި، އެފަދަ ކަންކަމާއި ގުޅިގެން މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެކަމަށް ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

 

ހޯމް މިނިސްޓަރ އަހުމަދު އަޒްލީން މިފަދައިން ވިދާޅުވީ، ފުލުހުންގެ އިސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ދަސްވެނިވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ. އެ ހަފްލާގައި  ހޯމް މިނިސްޓަރު ވިދާޅުވީ، ތައުލީމަކީ ހުރިހާ މައްސަލައެއްގެ ހައްލުކުމަށެވެ. އަދި ފުލުހުންނަކީ ތައުލީމް ލިބިފައިވާ، ވަރަށް ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށް އަޒްލީން ވިދާޅުވި އެވެ.

 

ހޯމް މިނިސްޓަރު ވިދާޅުވީ، ފުލުހުންނަށް ދިމާވާ ގޮންޖެހުންތައް ގިނަ ކަމަށާއި، އަދި ފުލުހުންގެ އިދަރާއަށް ރައްޔިތުން ވަރަށް ބޮޑަށް އިހުތިރާމްކުރަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި އުފެދިފައިހުރި މުއައްސަސާތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް އިތުބާރަންޖެހެނީ ފުލުހުންގެ މުއައްސަސާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އާންމު ރައްޔިތުންގެ ފުލުހުންގެ މުއައްސަސާއަށް އިތުބާރުކުރާކަމެއްވެސް އަދި ނުކުރާކަމަކަށްވެސް މިނިސްޓަރު ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދަޅުވީ ބައެއް ފުލުހުން "ގޯސް" ކަންތައްތައް ކުރާކަމަށެވެ. ނަމަވެސް އޭގެ ޒިންމާ މުޅި ފުލުހުންގެ މުއައްސަސާއިން ނަގަންނުޖެހޭނެ ކަމަށާއި، އެކަމުގެ ބަދުނާމުވެސް މުޅި މުއައްސަސާއިން ނަގަންނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

 

"ފުލުހުންގެ ތެރެއިން ވަކި ފަރުދަކު ނުވަތަ ނުވަތަ ވަކި ފަރުދުންތަކަށް ދިމާވާ ހާލަތެއްގަ ކުރެވޭ ކުށަކުން ފުލުހުންގެ މުޅި މުއައްސަސާގެ އިތުބާރަށް އަސަރެއް ނުކުރާނެ. ފުލުހުންގެ ތެރެއިން ވަކި ފަރުދަކަށް ކުރެވޭ ކުށެއްގެ ސަބަބުން ފުލުހުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ބަޔަކު މީހުން މަސައްކަތް ކުރާ ކަމީ ވެސް މިއީ ހަނދާން ކުރަން ޖެހޭ ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

 

ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވަނީ ސޯޝަލް މީޑިއާގައި ފުލުހުންކުރާ ނުރަނގަޅުކަންތައްތައް ފާހަގަކޮށް، ލިޔުންތައް ލިޔާ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވި ވާހަކައަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އެކި ވާހަކަދެއްކި ކަމަށާއި، އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި އެވެ. އެއީ ވަރަށް ޒިންމާދާރުކަން ވަރަށް ކުޑަ ވާހަކައެއް ކަމަށާއި، އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

 

"މި ދޭތޭރެއަކުން ޕަބްލިކް ސްޓޭޓްމެންޓެއްގަ ދެންނެވިން ދިވެހި ފުލުހުންނަކީ އިލްމީ ގާބިލް އަދި ޕްރޮފެޝަނަލް ބައެއް ކަމަށް. އަޅުގަނޑު އެހެން ހާމަކުރުމުން ސޯޝަލް މީޑިއާގެ ތެރޭގައި ފުލުހުންގެ ދެ އޮފިސަރަކަށް ދިމާވި ހާލަތެއްގައި ކުށެއް ކުރެވިގެން ދިޔައީމަ އަޅުގަނޑުގެ ފޮޓޯ އާއި، އަދި އެ ދިމާވި ފުލުހުންނަށް މަލާމަތް ކުރުމާއި ފުރައްސާރަ ކުރުމުގެ ގޮތުން ފޮޓޯ ލާފައި ސޯޝަލް މީޑިއާގައި ދައުރުކުރަމުން ދިޔަ، މިއީ ވަރަށް ހިތާމަހުރި ކަމެއް" ރައީސް އަބްދުﷲ ޔާމީންގެ ތިން ވަނަ ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ފެބްރުއަރީ 2017 | އަންގާރަ 09:46
ސައީދު
ކަންކުރާމީހާގޯހެއްނުވާނެ އެވާހަކަ ދައްކާމީހާ ގޯސްވާނީ އެމީހާގެ މައްޗައްހުކުމްއަންނާނީވެސް މި ގައުމުގަ
28 ފެބްރުއަރީ 2017 | އަންގާރަ 09:00
ހަލީފާ
ވަކިވަކި ފުލުހަކު ކުރިޔަސް އޭގެ ޒިންމާ ފުލުހުންގެ އިދާރާއިން އުފުލަން ޖެހޭނެ. ސަބަބަކީ ކުއްތަކަށް ފުލުހުން އަރައިގަންނަނީ .މުއައްސަސާ ޒިންމާދާރުނުވެ އިސްވެރިންގެ ފަސްބައިވެސް ހުތުރުވެ އެކަންކަމް ފިޔަވަޅު އެޅިގެން ނުދާތީ.