Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 16:17
މާލޭގައި ޕަންޕު ބޭނުން ކޮށްގެން އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
މާލޭގައި ޕަންޕު ބޭނުން ކޮށްގެން އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
މާލެއަށް ކުރަމުންދާ ވިއްސާރަ
މާލޭގައި ފެން ހިންދުމުގެ މަސައްކަތް ފަށައިފި
ޕަންފު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ފަށާފައި

މާލޭގައި ފެން ހިންދުމުގެ މަސައްކަތް މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ފަށައިފިއެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ޕަންޕު ބޭނުން ކޮށްގެން ފެން ހިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފެން ހިންދުމުގެ މަސައްކަތް ކުރަމުން ދަނީ އައިޖީއެމްއެޗް، ވެސްޓް ޕާކްގެ އިތުރުން ދުވާ ޓްރެކް ސަރަހައްދުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް ސެންޓަރުން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ކުރަމުންދާ ވިއްސާރާގައި ގުރުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށެވެ.

Advertisement

މެޓް އޮފީހުގެ ޑިއުޓީ ފޯކާސްޓާ "ރާއްޖެއެމްވީ"އަށް މީގެ ކުރިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށް އަދި "ޑިކްލެއާ" ނުކުރާ ކަމަށެވެ. ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ދެކުނަށާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގައި ޕަންޕު ބޭނުންކޮށްގެން އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް