Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 04:55
އަހްމަދު މަހްލޫފް: ޖަލުގައި އޮންނަވައިގެންވެސް ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން
އަހްމަދު މަހްލޫފް: ޖަލުގައި އޮންނަވައިގެންވެސް ސަރުކާރަށް ގެންދަވަނީ ފާޑު ވިދާޅުވަމުން
މުހައްމަދު ޝަރުހާން
މަހްލޫފް
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
މާރޗް މަހުވެސް މަހްލޫފް ފަރުވާއަށް އިންޑިއާއަށް ވަޑައިގަންނަވަން ޖެހޭ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު  ބޭސްފަރުވާއަށް ފަހު ހޯމަ ދުވަހުގެރޭ ރާއްޖެ ވަޑައިގެންނެވުމުން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު މަހްލޫފް ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ ފުރަތަމަ ފަހަރު އޭނާގެ ފަރުވާއަށް ފޮނުވި ނަމަވެސް ދީފައިވާ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަންނަވަން ޖެހިވަޑައިގެންފައި ވަނިކޮށެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ފަހަރު ބޭސްފަރުވާ އަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު މަހްލޫފު އެނބުރި މާލެ ވަޑައިގަތީ ހޯމަ ދުވަހުގެ 7:00 ހާއިރު އެވެ. 

މަހްލޫފްގެ އާއިލާއިން ބުނެފައިވާ ގޮތުގައި މަހްލޫފަށް ކުރިމަތިވެގެން އުޅެނީ އެލާޖީ މައްސަލައެކެވެ. އެހެންވާން ދިމާވި ސަބަބެއް ކަމުގައި އާއިލާއިން ތުހުމަތު ކުރަނީ ޖަލުން ފޯރުކޮށްދޭ ކާތެކެތީގެ މައްސަލައާއި އެކާތަކެތީގެ ނުސާފުކަމުގެ މައްސަލައެވެ.

އެލާޖީގެ މައްސަލަތައް ދިމާވާތީ ތިން މަސް ވަންދެން އިންޖެކްޝަން ޖަހަން ޑޮކްޓަރުން ވަނީ މީގެ ކުރިންވެސް މަހުލޫފަށް ލަފާދީފައި ވެއެވެ. އިންޖެކްޝަންގެ ފުރަތަމަ ޑޯޒް މިފަހަރު ޖަހާފައިވާއިރު، އަންނަ މަހުގައި ވެސް އިންޖެކްޝަން ޖަހަން މަހުލޫފް އިންޑިޔާ އަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މަހްލޫފްގެ މައްޗަށް އިއްވި ހަ މަސް ދުވަހުގެ ޖަލު ހުކުމް ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ވަނީ ތަންފީޒުކޮށް ނިމިފައިވާއިރު އޭނާ އެމައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅި މައްސަލަ އަދިވެސް ނިމިފައެއް ނުވެއެވެ. އަދި މިހާރު ހުކުމް ތަންފީޒު ކުރަމުން ގެންދަވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ.

މަހްލޫފަކީ ޕީޕީއެމްގައި ހުންނަވައިގެންވެސް ރައީސް ޔާމީނާއި ސަރުކާރުގެ ކަންކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ފާޑު ވިދާޅުވި ބޭފުޅެކެވެ. ޕީޕީއެމުން ވަކިކުރީވެސް އެހެންވެގެންނެވެ. އަދި ފަހުން މަހްލޫފް ފެންނަން ފެށީ އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ނަގާކިއުއްވި ބޭފުޅެއްގެ ގޮތުގައެވެ. މަހްލޫފަށް ކޮށްފައިވާ ދެހުކުމަކީވެސް އެފަދަ ދެހަރަކާތެއްގެ ތެރެއިން ހައްޔަރުކޮށް ކޮށްފައިވާ ހުކުމެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް