Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 14:31
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ \"ވާރލްޑް ހެލްތު އެސެމްބްލީ\" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓްރީ
ސިއްހީ ދާއިރާ ކުރިއެރުވުމަށް ކިއުބާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ޑޮކްޓަރުން ރެކްރޫޓް ކުރުމާ ބޭހާ ކާބޯތަކެތި ޓެސްޓްކުރުން ހިމެނޭ

ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތާއި ކިއުބާގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމާނާމާގައި ސޮއިކޮށްފައި ވަނީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ "ވާރލްޑް ހެލްތު އެސެމްބްލީ" ގެ 72 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން އާއި ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ހޯޒޭ އެންޖަލް ޕޯޓަލް މިރަންޑާ ކުރެއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

މި ފަހުމުނާމާގެ ދަށުން ދެ ފަރާތް ގުޅިގެން ޑޮކްޓަރުން ރެކްރޫޓް ކުރުމާއި، އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި، މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯރަޓޮރީ ޓެސްޓްތަކުގެ ހިދުމަތްތަކަށް އެހީތެރިކަން ފޯރުކުރުމަށް އެއްބަސްވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

Advertisement

މީގެ އިތުރުން ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ ސިއްޚީ ދާއިރާ ހަރުދަނާކުރުމަށް ޓްރެއިނިންގެ އިތުރު ފުރުސަތު ހޯއްދަވާ ދެއްވުމަށް މިނިސްޓަރ އަމީން ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތު ހޯދުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ ޕަރމަނަންޓް ރެޕްރެޒެންޓެޓިވް ޑރ. ހާލާ ހަމީދާއި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުންނާއި، ޖެނީވާ މިޝަންގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް