Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 14:34
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މޯދީ ހޯއްދެވި ކާމިޔާބީއަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ
ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައިވޭ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު މޯދީއަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބުން ކާމިޔާބު ކުރެއްވީތީ މަރުހަބާ ދަންނަވާ ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

Advertisement

މިއީ 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން ހޯދި ފުރަތަމަ ފަހަރެވެ.

ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށް މަޖިލީހުގެ އަޣުލަބިއްޔަތުގެ 272 ގޮނޑި ބޭނުންވާނެއެވެ. އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް މޯދީގެ ބީޖޭޕީ ވަނީ 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފައެވެ.

މަހެއްހާ ދުވަހަށް ދިގު ދެމިގެން ދިޔަ އިންޑިއާގެ އިންތިޚާބު ކުރިއަށް ގެންގޮސްފައި ވަނީ ހަތް މަރުހަލާއަކަށް ބަހާލެވިގެންނެވެ. އިންޑިއާގައި ބޭއްވި އިންތިހާބުގައި 8،000 އަށް ވުރެ ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ފެށި މި އިންތިޚާބު ނިމިފައިވަނީ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް