Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 12:54
ޑިންގީގައި ރޯވެ އަނދަނީ
ޑިންގީގައި ރޯވެ އަނދަނީ
ޓްވިޓަރ
ކ.ދިއްފުށި
ދިއްފުށީގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ!
ތޫނު އެއްޗަކުން ހަމަލާދީ ހަތަރު މީހަކު ވަނީ ޒަޚަމް ކޮށްލާފައި

ބުދަ ދުވަހުގެ ރޭ ކ. ދިއްފުށީގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ވައްކަން ކުރި މީހަކު ހޯދުމަށް ނުކުމެ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ހަތަރު މީހަކު ޒަޚަމް ކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު އަނެއް ދެ މީހުންނަށް ފަރުވާ ދެމުންދަނީ ދިއްފުށީ ސިއްހީ މަރުކަޒުގައި ކަމަށެވެ.

Advertisement

މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ވަނީ އެ ރަށު ފަޅުތެރޭގައި އޮތް ޑިންގީއެއްގައި ރޯކޮށްލާފައެވެ. އެ ޑިންގީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ދިއްފުށީގައި ބުދަ ދުވަހުރޭ ހިނގި ދެ ހާދިސާގައި އެއްވެސް މީހަކު އަދި މިހާތަނަށް ހައްޔަރު ކޮށްފައި ނުވި ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް