Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 12:10
އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހު ފެށި ގުރުއާން މުބާރާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހު ފެށި ގުރުއާން މުބާރާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ސަރުކާރު އޮފީސްތަކާއި ޔުނިވާސިޓީތަކަށް ޚާއްސަ ކޮށްގެން ގުރުއާން މުބާރާތެއް ފަށައިފި
މުބާރާތުގައި 11 މުއައްސަސާއަކުން 68 ފަރާތަކުން ބައިވެރިވި

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކާއި ޔުނިވާސިޓީތަކަށް އަދި ކޮލެޖްތަކަށް ޚާއްސަ ކޮށްގެން ގުރުއާން މުބާރާތެއް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

ބުދަ ދުވަހުގެ ރޭ ފެށި މި ގުރުއާން މުބާރާތުގައި 11 މުއައްސަސާއަކުން 68 ފަރާތަކުން ބައިވެރި ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ގުރުއާން މުބާރާތް ބޭއްވުމުގެ މަގްސަދަކީ ދިވެހިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމަށް ލޯބި ޖައްސައި ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމަށް މަސައްކަތް ކުރުމާއި ރީތި ރާގުރާގުގައި ގުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި ގުރުއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި ގާރީން އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

Advertisement

މީގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކަކަށް ބޭނުންވާ ބައިވެރިން އުފެއްދުމަށާއި ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމްކުރުމަށާއި އެކަމުގެ ރޫހު އަށަގެންނެވުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އެޅުން ކަމަށެވެ.

މި ފަހަރު ބައިވެރިވެފައިވާ މުއައްސަސާތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ, މޯލްޑިވްސް ޕޮލިސް ސަރވިސް, މިނިސްޓްރީ އޮފް ޑިފެންސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ، ޕްލޭނިން މިނިސްޓްރީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އައިޖީއެމްއެޗް އަދި އިމިގްރޭޝަނާއި ސްޓެލްކޯއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް