Advertisement
ކ. މާލެ
|
28 ފެބްރުއަރީ 2017 | އަންގާރަ 03:10
ވީޑިއޯ ސްޕޮޓް ލޯންޗް ކުރުމުގެ ތެރެއިން
ވީޑިއޯ ސްޕޮޓް ލޯންޗް ކުރުމުގެ ތެރެއިން
ރާއްޖެއެމްވީ
ވީޑިއޯ ސްޕޮޓް ލޯންޗް ކުރުން
"އެނާޖީ އެވެއާނެސް"ގެ ނަމުގައި ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފި
ވީޑިއޯ ސްޕޮޓްގެ މަޤްޞަދަކީ އިޔާދަ ކުރަނިވި ހަކަތައަށް އާންމުން ހޭލުންތެރި ކުރުން

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީން "އެނާރޖީ އެވެއާނެސް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.

 

މި ކެމްޕެއިންގެ ދަށުން ދެ ވީޑިއޯ ސްޕޮޓް ލޯންޗު ކޮށްފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ބޭނުންކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން "އެނާރޖީ އެވެއާނަސް" ގެ ނަމުގައި ހަދާފައިފާ މި ވީޑިއޯ ސްޕޮޓުތައް ލޯންޗް ކޮށްދެއްވީ މިނިސްޓަރު އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ ޠާރިގް އިބްރާހީމެވެ.

މި ދެ ވީޑިއޯ ސްޕޮޓް ލޯންޗުކޮށްފައި ވަނީ އެނާޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ އިއުލާންކުރުމަށް ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ހަފުލާގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން އެކިވަރުގެ ގެއްލުންތައް ކުރިމަތިވާ ޤައުމެއް ކަމުން ސްކައުޓުންނާއި ގާލްގައިޑުން މެދުވެރިކޮށް މި ކުރެވުނު މަސައްކަތުގެ ތެރެއިން ވެސް ތިމާވެށި ރައްކާތެރިކުރުމަށް އަހުލުވެރި ކުރުވޭނެ ކަމަށެވެ.

ރާއްޖެއަކީ ބޭރުން ޑީސެލް ގެނެސްގެން ހަކަތަ އުފައްދާ ޤައުމެއް ކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެނާޖީ އެފިޝަންޓްކޮށް ބޭނުންކުރަން ފެށިއްޖެ ނަމަ އަންނަ އަހަރުގެ ނިޔަލަށް 30 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ކަމަށެވެ.

އިޔާދަކުރަނިވި ހަކަތައަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ހޯމަ ދުވަހު ލޯންޗު ކުރެވުނު ދެ ވީޑިއޯ ސްޕޮޓް، މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް