Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 08:35
ޕީޕީއެމްއާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމްއާ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މަޖިލިސް ރައީސް
ޕީއެންސީން އަފީފަށް ތާއީދު ކުރަން ނިންމައިފި
ރައީސް އެދިވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް
ޕީޕީއެމުން ވަކި ގޮތެއް ނުނިންމާ
ޕީއެންސީގެ ތިން މެންބަރުން އާ މަޖިލީހުގައި ތިއްބަވާނެ

ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި ހަސަން އަފީފް އެ މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ތާއީދު ކުރުމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ނިންމައިފިއެވެ.

Advertisement

ބުދަ ދުވަހުގެ ރޭ ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައީސް އަިބްރާހީމް މުހައްމަދު ސޯލިހް އަފީފަށް ތާއީދުކުރއްވާފައިވާއިރު، އެ ދެ ޕާޓީން ވެސް މަޖިލިސް ރައީސް ކަމަށް ތާއީދު ކުރާނީ ރައީސް ސޯލިހް ތާއީދު ކުރެއްވި ގޮތަށް އަފީފަށް ކަމަށެވެ. އަދި ވިދާޅުވީ ރައީސް އެދިވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ދެ ޕާޓީގެ ވިސްނުމަކީ ސަރުކާރާ ގާތުން ސަރުކާރަށް އެއްބާރުލުން ދީގެން ކަންތައް ކުރުން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ ދެ ޕާޓީން ވެސް މި ތާއީދު ކުރަނީ ރައީސްއަށް. ރައީސް އެދިވަޑައިގެންނެވި ގޮތަކީ އެންމެ ރަނގަޅު ގޮތް،" ނިހާން ވިދާޅުވިއެވެ.

ދެ ޕާޓީން ވެސް އަފީފަށް ތާއީދުކުރުމުގެ ވިސްނުމެއްގެ ގެންގުޅޭ ކަމަށް ނިހާން ވިދާޅުވި ނަމަވެސް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން އަދިވަކި ގޮތެއް ނުނިންނާ ކަމަށެވެ.

އެހެންނަމަވެސް ވެރިކަން ކުރާ ޕާޓީގެ ސުޕަ މެޖޯރިޓީ އެބައޮތް. އެހެންވީމަ އެބޭފުޅުން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއް ނަމެއް ފްލޯރއަށް ވަޑައިގަންނަވާނީ. އަޅުގަނޑުމެންގެ މަގުސަދަކީ ސަރުކާރަށް އެއްބާރުލުން ދޭންޖެހޭ ހާލަތްތަކުގަ ރައްޔިތުންނާ ގައުމުގެ މަސްލަހަތު ހިމެނޭ ކަންތައްތަކުގަ އެސަރުކާރަށް އެއްބާރުލުންދީގެން އެންމެ ރަނގަޅު ނަތީޖާ ނުކުންނަ ކަމަށްވަންޏާ އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެއްގޮތަށް،" ޝިޔާމް ވިދާޅުވިއެވެ.

އަފީފް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަސައްކަތްކުރައްވާ ކަމަށް އަޑުތައް ފެތުރިފައިވާ އިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އަށް ތާއީރުކުރައްވާކަން ހާމަކުރައްވާފައެވެ.

އަފީފް އާއި އަސްލަމްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް އިތުރު ތިން ބޭފުޅަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

އާ މަޖިލީހުގައި ޕީއެންސީގެ ތިން މެންބަރަކު ތިއްބަވާނެއެވެ. އަދި ޕީޕީއެމްގެ ފަސް މެންބަރަކު ތިއްބަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް