Advertisement
ކ. މާލެ
|
23 މެއި 2019 | ބުރާސްފަތި 08:38
ޑިންގީގައި ރޯވެ އަނދަނީ
ޑިންގީގައި ރޯވެ އަނދަނީ
ޓްވިޓަރ
އަލިފާން ރޯކޮށްލުން
ދިއްފުށީ ފަޅުތެރޭގައި އޮއްވާ ރޯކޮށްލި ޑިންގީ ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފައި: ފުލުހުން
ޑިންގީގެ 60 އިންސައްތަ އަނދާފައި
ފުލުހުން އެރަށުތެރެ ޕެޓްރޯލް ކުރުން ވަނީ އިތުރުކޮށްފައި
ދިއްފުށީގައި ރޭ ވަނީ ބޮޑު ހަމަނުޖެހުމެއް ހިނގާފައި

ކ. ދިއްފުށީ ފަޅުތެރޭގައި އޮއްވާ ރޯކޮށްލި ޑިންގީ ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ 1:13 ހާއިރު އެ ރަށުގެ ފަޅުގައި އޮތް ކުޑަ ޑިންގީއެއްގައި ރޯކޮށްލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައުލޫމާތު ލިބުމާ އެކު ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމްއެންޑީއެފް ފަޔަރއަށް ވެސް މައުލޫމާތު ދީފައެވެ.

ފުލުހުން ބުނީ ރޯކޮށްލާފައި ވަނީ ޑިންގީގެ ކުރީކޮޅުގައި ކަމަށާއި، މި އަލިފާނުގެ ސަބަބުން ޑިންގީ އައްސާފައި އޮތްވާ ކަނޑައިގެން ގޮސްފަޅުގެ ވަރަށް ބޭރަށް އޮޔާ ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޑިންގީ އަބުރާ ބަނދަރާ ހަމައަށް ގެނެވިފައިވާ ކަމަށާއި، އެ ޑިންގީގެ 60 އިންސައްތަ އަނދާފައިވާ ކަމަށެވެ. އަދި ޑިންގީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ ޔަމަހާ އައުޓްބޯޑް އިންޖީނެއް އަޅާފަ އޮތް ނުވަ ފޫޓްގެ އެ ޑިންގީއަކީ ރަޖިސްޓްރީ ނުކޮށް އޮތް ޑިންގީއެއް ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެރަށުތެރެ ޕެޓްރޯލް ކުރުން ވަނީ އިތުރުކޮށްފައެވެ.

ދިއްފުށީގައި ޑިންގީއެއް ރޯކޮށްލާފައިވާއިރު، ބުދަ ދުވަހުގެ ރޭ ވައްކަން ކުރި މީހަކު ހޯދުމަށް ނުކުމެ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް